ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފުވެގެން މިހާތަނަށް ހަތަރު ހާހަށްވުރެ ގިނަ ބިދޭސީން ރާއްޖޭން ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން 17 ނޮވެމްބަރު 2023 އިން 19 ސެޕްޓެމްބަރ 2024 ގެ ނިޔަލަށް ޖުމްލަ 4054 ބިދޭސީން ފޮނުވާލާފައިވެ އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އެންމެ ގިނައިން ބިދޭސީން ފޮނުވާލާފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ 690 ބިދޭސީންނެވެ. ޖޫން މަހުގެ އިތުރުން ދެން އެންމެ ގިނައިން ބިދޭސީން ފޮނުވާލާފައިވަނީ މި މަހުގެ ތެރޭގަ އެވެ. މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް 663 ބިދޭސީއަކު ރާއްޖެއިން ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހުއްޓުވާ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ހިންގާފައިވެ އެވެ.