މާވެޔޮމަގުގައި ހުންނަ އިންޑިއާގެ ކެއުންތަކަށް ހާއްސަ ބޮލީވޫޑް ރެސްޓޯރެންޓްގެ ކެފޭގެ މެނޫގައި ހިމެނޭ ކެއުންތައް މިހާރު އޮންލައިން ޕްލެޓްފޯމް "އަވަސްފުޑް" މެދުވެރިކޮށް މިހާރު އޯޑަރުކުރެވޭނެ ގޮތް ހަދައިފި އެވެ.

އަވަސްފުޑް އެޕްލިކޭޝަން މެދުވެރިކޮށް ބޮލީވުޑް ކެފޭގެ ކެއުންތައް އޯޑަރުކުރެވޭއިރު، އަވަސްފުޑް އެޕްލިކޭޝަން މެދުވެރިކޮށް ހުރީ ކޮން އައިޓަމްތަކެއްތޯ ވެސް ބަލާލެވޭނެ އެވެ.

އެހެންކަމުން މިހާރު ބޮލީވުޑް ރެސްޓޯރެންޓުން ޑިނާއެއް ނުވަތަ ލަންޗެއް ނެގުމަށް ކޮންމެހެން އެ ރެސްޓޯރެންޓަކަށް ދާކަށެއް ނުޖެހެ އެވެ. އަވަސްފުޑް މެދުވެރިކޮށް އޯޑަރުކޮށްލުމުން އިސާހިތަކު ބުނި ތަނަކަށް އެ އެއްޗެއް ގެންގޮސްދެ އެވެ.

"މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭހަކަމަކަށްވާނެ. މިހާރު ހުޅުމާލޭގައި އުޅޭ މީހާއަށް މާލެ ނައިސް އަވަސްފުޑް އެޕްލިކޭޝަނުން އޯޑަރު ދިނުމުން އެ އެއްޗެއް ގެންގޮސްދެވޭނެ. ކަސްޓަމަރުންގެ ޝަކުވާއެއް އެއީ އޯޑަރުކުރާ ކާއެއްޗެހި އަވަހަށް ނައުމުގެ މައްސަލަ. އަޅުގަނޑުމެން ޔަގީންކަންދެން ކަސްޓަމަރުން ބޭނުންވާ ވަގުތުގައި އެ އެއްޗެއް ގެންގޮސްދޭނެކަން،" ބޮލީވުޑް ރެސްޓޯރެންޓުގެ ޑިރެކްޓާ އޮފް ފައިނޭންސް އެންޑް އޮޕަރޭޝަންސް މުހައްމަދު ސަލާމް ވިދާޅުވި އެވެ.

ސަލާމް ވިދާޅުވީ އަވަސްފުޑް މެދުވެރިކޮށް ބޮލީވުޑް ރެސްޓޯރެންޓްގެ ރަހަތައް ގޭގޭ ސިޓީންރޫމްތަކާ ހަމަޔަށް ގެންގޮސްދިނުމުގެ މައިގަނޑު މަގްސަދަކީ ރެސްޓޯރެންޓްގެ ރަހަތަށް ބޭނުންވާ އެންމެނަށްވެސް އެފުރުސަތު ފޯރުކޮށްދިނުންކަމަށެވެ.

މިގޮތުން ހިނގާބިނގާވެ އުޅުމަށް އުނދަގޫވާ މީހުންނާއި، އެހެންވެސް ސަބަބުތަކާހުރެ ގެއިން ބޭރަށް ނުދެވޭ ފަރާތްތަކަށް އަވަސްފުޑް މެދުވެރިކޮށް ބޮލީވޫޑް ކެފޭއިން ތައްޔާރުކުރާ ކެއުންތައް ގެންގޮސްދިނުމުގެ އިންތިޒާމް ހަމަޖެއްސީ މި ސަބަބަށްޓަކައި ކަމަށް ސަލާމް ފާހަގަކުރެއްވި އެވެ.

ބޮލީވުޑްރެސްޓޯރެންޓަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. ހިތްގައިމު ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި ރެސްޓޯރެންޓުން އިންޑިއާގެ ތަފާތު ރަހަތަށް ލިބެންހުރެއެވެ. މީގެ ތެރޭގައި އެކި ވައްތަރުތަކުގެ ބިރިއާނީ، ތަންދޫރީ ޗިކަން، ބަޓަރޗިކަންގެ އިތުރުންވެސް ތަފާތު ވައްތަރުތަކުގެ ޑިޝް ހިމެނެ އެވެ.

އިންޑިއާގެ ކެއުންތައް މިހާރު ދިވެހިންގެ މެދުގައިވެސް ނިކަން މަޤްބޫލެވެ. ބޮލީވޫޑް ކެފޭގެ މަޤްސަދަކީ އިންޑިއާގެ އޮރިޖިނަލް ރަހަތަކާއެކު ކަސްޓަމަރުންނަށް އަތްފޯރާ ފަށުގައި ކެއުންތައް ލިބޭނޭ މަގު ތަނަވަސްކޮށްދިނުމެވެ.