ސިނަމާތަކުގައި ކާމިޔާބު ޝޯތަކެއް އެޅުވުމަށްފަހު ބޮލީވުޑްގެ މަޖާ ބިރުވެރި ފިލްމު "ސްޓްރީ 2" އޮންލައިން ސްޓްރީމިން ޕްލެޓްފޯމްގައި ރިލީޒްކޮށްފި އެވެ.
އެމޭޒަން ޕްރައިމް ވީޑިއޯގައި އެ ފިލްމު ރިލީޒް ކޮށްފައިވާއިރު އެ ޕްލެޓްފޯމް މެދުވެރިކޮށް ފިލްމު ބެލުމުގައި ބައެއް ހިފެހެއްޓުންތަކެއް ވަނީ ހިމަނާފަ އެވެ.
އެގޮތުން އެމޭޒަން ޕްރައިމް ވީޑިއޯގެ ކޮންމެ ކަސްޓަމަރަކަށް ވެސް 349 އިންޑިއާ ރުޕީސްއަށް އެ ފިލްމު ކުއްޔަށް ލިބެން ހުންނާނެ އެވެ.
ފައިސާ ދައްކާތާ 30 ދުވަހުގެ މުއްދަތަކަށް ފިލްމު ލިބޭއިރު ފިލްމު ބަލަން ފަށާތާ 48 ގަޑިއިރު ތެރޭގައި ފިލްމު އެއްކޮށް ނިންމަން ޖެހޭނެ އެވެ.
ޝްރައްދާ ކަޕޫރުގެ އިތުރުން ރާޖް ކުމާރު ރާއޯ ލީޑު ރޯލުން ފެނިގެންދާ "ސްޓްރީ 2" އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒް ކުރެވުނު ނަމަވެސް އަދިވެސް އެ ފިލްމުގެ ޝޯތައް ސިނަމާތަކުގައި ވެސް ދަނީ ދައްކަމުންނެވެ.
ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ "ސްޓްރީ 2" ވަނީ އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑް ފިލްމުގެ ޝަރަފު ވެސް ހޯދާފަ އެވެ.
 ސިނގިރޭޓް މައްސަލައަށް ފަހު ވެސް ކޮރަޕްޓް މުއައްސާތަކުގެ ދިފާއަށް
			ސިނގިރޭޓް މައްސަލައަށް ފަހު ވެސް ކޮރަޕްޓް މުއައްސާތަކުގެ ދިފާއަށް
		 ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުދެވޭނެ
			ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުދެވޭނެ
		 ސަލްމާންއަކީ ޓެރަރިސްޓެއް ކަމަށް ޕާކިސްތާނުން އިއުލާން ކުރީތަ؟
			ސަލްމާންއަކީ ޓެރަރިސްޓެއް ކަމަށް ޕާކިސްތާނުން އިއުލާން ކުރީތަ؟
		 
					 
					 
					 
					 
					 
					 
					 
					 
					 
					