ވިލިމާލެ ބްރިޖް ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފަކު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ޒަހަމްތަކަކާއެކު އޮތް މީހަކު މިއަދު ފަތިހު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެމީހާއަކީ އެފްކޮންސްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއްކަން އެނގިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އިއްޔެގެ ވަގުތެއްގައި އުސްފަސްގަނޑާ ދިމާ ކަނޑުމަތިންވެސް ވަނީ މަރުވެފައިވާ މީހަކު ފެނިފަ އެވެ.
"މެޖޯރިޓީން ނިންމާނީ ރަނގަޅަށް، އެ ނިންމުމަށް އިހުތިރާމުކުރަން"
މޮބައިލް ފޯނުތަކުން ފިރިހެނުންގެ ދަރިފަނި މަދުވޭ: ދިރާސާ
ސިނގިރޭޓް ވައްކަމާ ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި