ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރަކާ މެދު އެ މިނިސްޓްރީގެ މިނިސްޓަރާއި އިސްވެރިން ވަރަށް އިހާނެތިކޮށް ކަންތައްކޮށްފައިވާ ކަމަށް ބުނާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
އެ މިނިސްޓްރީގެ ދަށުން ކުރިން ބަލަހައްޓަމުންދިޔަ އެލްޑާލީ ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަގާމުގައި ހުރި އާއިޝަތު ޝޫޒާ ކިޔާ މުވައްޒަފަކު އަސަރާއެކު އޭނާއަށް މިނިސްޓްރީގެ ވެރިން ތަފާތުކުރުން ގެންގުޅުނު ވާހަކަތައް ކިޔާދީފައިވާ ވީޑިއޯ އާންމުވެފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ޖެންޑާ މިނިސްޓްރީގެ އެލްޑާލީ ޑިޕާޓްމަންޓު ވަނީ ދާދި ފަހުން ހެލްތު މިނިސްޓްރީއަށް ބަދަލުކުރަން ސަރުކާރުން ނިންމާފަ އެވެ. މި ނިންމުމާއެކު ޝޫޒާއަށް ތަފާތުކުރުންތައް ގެންގުޅުނުކަމަށް އޭނާ ތުހުމަތުކުރެ އެވެ.
އެ ވީޑިއޯއަކީ މި ނިންމުމާ ގުޅިގެން ޝޫޒާއާއެކު އެ ޑިޕާޓްމެންޓްގެ ފަސް މުވައްޒަފަކު ހެލްތަށް ބަދަލުކުރުމުގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރޭގައި އޭނަ ދެއްކި ވާހަކަތައްކަމަށްވެ އެވެ.
ޝޫޒާ ބުނީ މިނިސްޓްރީން އެއްވެސް ސަބަބެއް ނެތި އޭނާ ކުރަމުން އައި މަސައްކަތަށް ހުރަސް އަޅައި ކޮމިޓީތަކުން ބޭރުކޮށް އެޗްއޯޑީ ކަމުން ވަކިކޮށް މިނިސްޓްރީގެ އިސްވެރިންގެ ބައްދަލުވުންތަކަށް ވަނުން މަނާކުރި ކަމަށެވެ. މިކަންކަމާ ގުޅިގެން މިނިސްޓަރާ ބައްދަލުކުރުމަށް އެދުމުން މިނިސްޓަރާ ބައްދަލުކުރުމަށްވެސް ފުރުސަތު ނުދިންކަން އޭނާ ރޮމުން ވަނީ ކިޔާދީފަ އެވެ.
އޭނާގެ ހައްގުތަށް ނިގުޅައިގަނެފައިވާ ކަމަށާއި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް އޭނާއަށް ދީފައިވާ ކަމަށާއި އެކަމާމެދު ހިތާމަކުރާ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ. މީގެ އިތުރުން ޝޫޒާ ބުނީ އެންމެފަހު އޭނާ ގަދަކަމުން ޖެންޑާ މިނިސްޓްރީން ބޭރުކޮށްލީކަމަށެވެ.
"މިއީ އަޅުގަނޑު އެކަނި ތަހައްމަލުކުރަމުންދާ ކަމެއް ނޫން. މިނިސްޓްރީގެ އިތުރު މުވައްޒަފުންވެސް ދަނީ މިފަދަ ކަންކަން ތަހައްމަލު ކުރަމުން" އޭނާ ބުނެފައިވެ އެވެ.
ޝޫޒާއަކީ 2007 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީގައި ސިވިލް ސާވަންޓެއް ގޮތުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ.
މި މައްސަލަ ފެންމަތިވެފައިވަނިކޮށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝަރީފުއާއި ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ ވަނީ އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފަ އެވެ.
ތިޔައީ އަބަދުވެސް ޖެންޑަ މިނިސްޓްރީ ގައިހިނގާކަަމެއް ތިޔަ ތަނުގެ ބައެއްވެރިންނަކީ އެތާގެ ބައެއްމުއައްޒަފުންނާ ދޭތެރޭ ހިތައްއެރިގޮތަކައް ކަންތަކުރާ ތަނެއްތީ އަބަދުވެސް ޖެނޑަޔަކީ އެތާގެ ދަށުން ބަލަހައްޓާ ކުދިންނާދޭތެރޭ ވެސް ތަފާތުކުރާ ބަޔަކު އުޅޭތަނެއް އަދި ބައެއްވެރިން އެމީހުން ބޭނުންވާ މީހަކު ތަނުންބޭރު ކުރުމުގައި ކުދިންލައްވާ ވެސް ބައެއްއިލްޒާމުއަޅުވާހަދާތަނެއްތީ
ލަންކާ ހައިކޮމިޝަނަށް ސަފީރާ ބައްދަލުކުރަންދިޔަ ދިވެހި އަންހެނަކަށް ސަފީރު ނުކުޅެދޭމީހަކަށް ގޮވާ ހަޑިހުތުރުބަހުން ހަޅެލެވުމަށްފަހު އެމީހާ ހައިކޮމިޝަންގެ ސިޑިބަރިމަތީ އިށީނުމުން ސެކިއުރިޓީން ލައްވާ ގަދަކަމުން ބޭރުކޮށް މަގު މައްޗަށް އެެއްލާލައިފި.