ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ބްރެޒިލްގައި ބޭން ކުރި ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" އަލުން ބޭނުން ކުރުމުގެ ހުއްދަ ދޭން އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑެ މޮއަރޭޒް ވިދާޅުވީ އެކްސްއިން އެ ގައުމަށް ދައްކަން ޖެހޭ 5.2 މިލިއަން ޑޮލަރުގެ ޖޫރިމަނާ މިހާރު ވަނީ ދައްކާފައި ކަމަށެވެ. އެހެން ކަމުން 24 ގަޑިއިރު ތެރޭ ޕްލެޓްފޯމް އަލުން ބޭނުން ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެ ގައުމުގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ވަނީ އަންގާފަ އެވެ.
ގާތްގަނޑަކަށް 22 މިލިއަން ޔޫސާސް ތިބޭ ބްރެޒިލްގައި އެކްސް މަނާކުރީ އެ ޕްލެޓްފޯމުގައި އެ ގައުމާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާތީ، އެކަން ހުއްޓުވަން އެންގުމުން ވެސް އެކަމަށް އަމަލު ނުކުރުމުންނެވެ.
ބްރެޒިލްއިން ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮތަސް، ދޮގު މައުލޫމާތު ފަތުރަން އެކްސްއިން ފުރުސަތު ދީގެން ނުވާނެ ކަމަށާއި އެކަން އެ ގައުމުން ބަލައި ނުގަންނާނެ ކަމަށެވެ.
ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ މަޖިލީހަށް
ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުކޮށްފައި: ރައީސް އޮފީސް
އިޓަލީން އިޒްރޭލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލައިފި