ހޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ޖަސްޓިން ބީބާއާއި ހެއިލީ ބީބާގެ ދަރިފުޅު ޖެކް ބްލޫސްއާއި އޭނާގެ މަންމަ ފަރާތުގެ މާމަ ކާފައާ ދެމެދު އެއްވެސް ގުޅުމެއް ނޯންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.
ހެއިލީ އޭނާގެ ދަރިފުޅު ވިހޭތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް އޭނާގެ މައިންބަފައިންނާ ވާހަކަ ދައްކާފައެއް ނުވެ އެވެ.
ސަބަބަކަށް ވަނީ ދުވަސްތަކެއް ވަންދެން އެ އާއިލާގެ މެދުގައި ބޮޑުވަމުން އައި ނުތަނަވަސް ކަމެވެ. ހަބަރުތައް ބުނާ ގޮތުގައި ހެއިލީގެ މައިންބަފައިންގެ ދީނީ އަދި ސިޔާސީ ހިޔާލުތައް ތަފާތު ވުމުން އެ މީހުންގެ ގުޅުން މާ ރަނގަޅެއް ނޫނެވެ.
އެ ގުޅުން އިތުރަށް ހީނަރުވެގެން ދިޔައީ ހެއިލީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިންކަން މަސްތަކެއް ވަންދެން އޭނާގެ މައިންބަފައިންނަށް ސިއްރު ކުރުމުންނެވެ.
ހެއިލީ ވަނީ އޭނާއާއި އޭނާގެ މައިންބަފައިންގެ ގުޅުން ރަނގަޅު ނޫންކަން މީޑިއާއަށް ހާމަކޮށްފަ އެވެ. އެހެން ނަމަވެސް އުފާވެރި ޅަފަތުގެ ދައުރެއް ލިބުނީތީ އުފާކުރާ ކަމަށް ވެސް އޭނާ ބުނެ އެވެ.
މި ސަބަބުތަކަށްޓަކައި ހެއިލީއާއި ޖަސްޓިން އެމީހުންގެ ދަރިފުޅު ޖެކް ގެންގުޅެނީ މާމަކާފައާ ވަރަށް ދުރުކޮށްގެން ކަމަށް ހަބަރުތައް ބުނެ އެވެ.