ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސްހިފަން ފައިބާ އުޅުނު 24 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.
ތިން މީހަކު މަސްހިފަން ފައިބާ އުޅެނިކޮށް އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ކަނޑުއަޑިންނެވެ.
ފުލުހުން ބުނީ، އެ ހާދިސާ ހިނގީ މިއަދު މެންދުރު 12:08 އެހާކަންހާއިރު ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށުގެ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާ މައްޗަށް ނާރާ، އަޑީގައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މެންދުރުކަމަށެވެ.
އެ މީހާ ނަގައިގެން އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންނެވެ..
ކެޓްރީނާގެ ދިފާއުގައި ކުރީގެ ލޯބިވެރިޔާ ސަލްމާން ވެސް ތެދުވެއްޖެ
ސްޓްރެސް ވުމުން "ބަނޑު ސަކަރާތް" ވަނީ ކީއްވެ؟
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަލީ އަވަހާރަވެއްޖެ