ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަންކުރަން ފެނޭތޯ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުން ވަނީ އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. މީގެ ކުރިން މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ އެ މަގާމަށް ސަމީރު ގާބިލު ކަމަށް ނިންމައި ފާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވަނީ، މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލްއުސްތާޒު އަލީ ރަޝީދު ހުސައިން އަންނަ މަހު ރިޓަޔާ ކުރައްވާތީ އެވެ. އެ ފުރުސަތުގައި އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ކުރިމަތިލެއްވީ ޢަލީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.
ޝަރުއީ އަދި ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޢަލީ ސަމީރަކީ، 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސިވިލް ކޯޓުގެ އިސްގާޒީކަން ވެސް ކުރެއްވި ސަމީރު ވަނީ، ހައި ކޯޓުން ވަކިވެވަޑައިގަތުމަށްފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
އިންޓަނެޓުގައި ޕާކިސްތާން ސީރީޒްތަކުގެ މަގުބޫލުކަން އިތުރުވަނީ!
ކޮންމެ ރަށެއްގައި ފަނޑިޔާރަކު ހުންނަން ޖެހޭ ގޮތް ހަދަނީ
ރަހުމަތްތެރިން ތިބެމެ އެކަނިވެރިކަން އިހުސާސް ކުރެވެނީ ކީއްވެ؟