ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖަސްޓިން ބީބާއާއި ހެއިލީ ބީބާގެ ދަރިފުޅު ޖެކް ބްލޫސް ބީބާގެ ފުރަތަމަ ފޮޓޯ އާއްމުކޮށްފި އެވެ.
ހެއިލީއާއި ޖަސްޓިންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ އެ ފޮޓޯގައި ޖަސްޓިން ޖެކް އުރާލައިގެން ހުރިއިރު ކައިރީގައި ހެއިލީ ހުރެ އެވެ.
އެހެން ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ މި ފޮޓޯއިން ވެސް ޖެކްގެ މޫނު ނުފެންނަ ކަމެވެ. ޖަސްޓިން ޖެކް އުރާލައިގެން ހުންނައިރު ފެންނަނީ ޖެކްގެ ބުރަކަށްޓެވެ.
މިއީ މީގެ ދެމަސް ކުރިން ޖެކް އުފަންވި ފަހުން ޖަސްޓިންގެ ދެމަފިރިން އެމީހުންގެ ދަރިފުޅުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކުރި ފުރަތަމަ ފަހަރެވެ.
އެ ޕޯސްޓުގައި އާއިލާއެއްގެ ގޮތުގައި އެމީހުންގެ ފުރަތަމަ ފޮޓޯގެ އިތުރުން ވެސް ޖަސްޓިންއާއި ހެއިލީގެ ވަކިވަކި ފޮޓޯތަކެއް ވެސް ހިމަނާފައިވެ އެވެ.
2018 ވަނަ އަހަރު ކައިވެނިކުރި ހެއިލީއާއި ޖަސްޓިންއަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާން ކުރީ މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެމަފިރިން ވަނީ އެމީހުންގެ ދަރިފުޅު ދެފަރާތުގެ އާއިލާއާ ދުރުކޮށްގެން އެމީހުން ބޭނުންވާ ގޮތަށް ބޮޑުކުރަން ގަސްދުކޮށްފަ އެވެ.
އެމްބިއުލާންސްއަށް ޖާގަ ނުދީ ދިއުން: އިންސާނިއްޔަތުކަން ކޮބާ؟
ޅެމުން ފަރުވާ ދިނުމަށް އަދިވެސް ދިރާސާ ކުރަނީ
އެސްއެމްއީތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ