ވަރީގެ މައްސަލަ ކުރިއަށް ދިޔަ ނަމަވެސް ފިރިމީހާ ބެން އެފްލެކް ދޫކޮށްލަން ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ބައެއް މަސްދަރުތަކާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި ޖޭލޯ އަންނަނީ އޭނާއާއި ބެންގެ ގުޅުން އަލުން އާލާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކަމަށްޓަކައި އެ ދެ މީހުން އާއިލާއެއްގެ ގޮތުގައި ދަރިންނާއެކު ހޭދަކުރާ ވަގުތު ބޭނުން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ހަބަރުތައް އިތުރަށް ބުނާ ގޮތުގައި ބެން ޖޭލޯއާ ދުރުވާން މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު އޭނާއަށް ނުދޭން ޖޭލޯ މަސައްކަތް ކުރެ އެވެ.
ބުނެވޭ ގޮތުގައި ޖޭލޯ އެގޮތަށް މަސައްކަތް ކުރަނީ އެ ދެމަފިރިންގެ ވަރީގެ ސަބަބުން އެމީހުންގެ ދަރިންނަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ވިސްނާފަ އެވެ.
ބެންއާއި ޖޭލޯގެ ވަރީގެ މައްސަލަ ކޯޓަށް ހުށައެޅުނުތާ މަސްތަކެއް ވެފައިވާއިރު އެ އާއިލާގެ ކަންކަމަށް މީޑިއާގެ ބޮޑު ސަމާލުކަމެއް އަންނަނީ ލިބެމުންނެވެ.
ބީބީސީއާ ދެކޮޅަށް 10 ބިލިއަން ހޯދަން ޓްރަމްޕް ދައުވާކޮށްފި
ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު އެއްބަސްވުމެއް
ހޮލީވުޑް: އެންމެ ބޮޑު އަގެއް ނެގީ ކޮން ތަރިއެއް!