ސިނަމާލެ ބުރިޖުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޖުމުލަ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ހިނގި މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 19:20 އެހައިކަން ހާއިރު އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، އެ ވަގުތު އެ މަގުން ދުއްވާފައި ދިޔަ އިތުރު ސައިކަލަކާއި ކާރެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާއަށެވެ. މީގެ ތެރެއިން އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓާ ގުޅޭ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރޭގެ ވަގުތެއްގައި ބްރިޖުގައި އިތުރު އެކްސިޑެންޓެއް ވެސް ވަނީ ހިނގާފަ އެވެ. ފަހަކަށް އައިސް މާލެއާއި ހުޅުމާލެ އަދި ބްރިޖު ހިމެނޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މާރިޔާ އައްޔަންކުރައްވައިފި
ފަނޑު އަލީގައި ނިދުން: ހިތުގެ ސިއްހަތަށް ގެއްލުންހުރި ކަމެއް!
އެމްޕީއެލްގެ މުވައްޒަފުން ވެސް ޕީއެންސީއަށް ވަންނަން މަޖުބޫރު!