ރޭގަނޑު ނިދާއިރު ފަންކާ ޖަހައިގެން ނިދުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. އެކަމުގެ ސަބަބުން ފިނިހޫނުމިން އެއްވަރެއްގައި ބަހައްޓައިދީ ފަންކާގެ އަޑުގެ ސަބަބުން ނިދަން ވެސް ފަސޭހަވެ އެވެ.
ނަމަވެސް އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑު އެއްކޮށް ފަންކާ ޖަހައިގެން އޮތުމަކީ އެކަމުގެ ސަބަބުން ތިމާގެ ސިއްހަތަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާނެ ކަމެކެވެ.
މިގޮތުން އެލާޖިކު ރިއެކްޝަންތަކާއި އެސްތުމާ އެޓޭކުތައް ކުރިމަތިވުމަކީ ރޭގަނޑު ފަންކާ ޖަހައިގެން ނިދާނަމަ ކުރިމަތިވުން ވަރަށް ގާތް ކަންކަމެވެ. ސަބަބަކީ ފަންކާއިން ޖެހޭ ވައިގެ ސަބަބުން ކުނިކޮޅުތައް ނޭފަތަށް ވަދެ ހަށިގަނޑަށް އެތެރެވުމެވެ.
މީގެ އިތުރުން ފަންކާ ޖަހައިގެން އޮތުމަކީ މީހާގެ ހަންގަނޑަށް ވެސް ނޭދެވޭ އަސަރުކުރާ ކަމެކެވެ. އެގޮތުން އާދަކޮށް ފަންކާ ޖަހައިގެން ނިދާނަމަ ހަންގަނޑު ކުރަކިވެ، ހިކުމަށް މަގުފަހިވެ އެވެ.
މި ސަބަބަށްޓަކައި ރޭގަނޑު ހަތަރުދަމު ފަންކާ ޖަހައިގެން އެންމެ އަރާމު ގޮތް ނަމަވެސް ސިއްހަތަށް އެންމެ ރަނގަޅު ކަމެއް ކަމަށް ބުނެވޭކަށް ނެތެވެ. ބުއްދިވެރި ގޮތަކީ ރޭގަނޑުން ބައެއްގައި ފަންކާ ޖަހައިގެން އޮތުމަށްފަހު ނިއްވާލުމެވެ.
 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 
					 
					 
					 
					 
					 
					 
					 
					 
					 
					 
					
އޭސީ ވެސް ކަމަކު ނުދޭ ފަންކާ ސަކަރާތް! ރަނގަޅު އެއްގޮތްވެސް ނެތް.. ބޮކިއަލި ގޯސް. އިރުގެ އަވި ވެސް…..