ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެއިން ހިއްކާ ބިމުގެ ބޮޑު ބައެއް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލު އަލީ ހުސެއިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މި މައްސަލައަކީ ރަސްމާލޭގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައިވާ 1010 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އެ ކުންފުނިން މިހާރު ވަނީ އެ ރަށުގައި އެޕާޓްމަންޓްތައް ތަރައްގީކޮށް ބޭރުގެ މަހުޖަނުންނަށް ދާއިމީކޮށް ދިރިއުޅެވޭ ގޮތަށް ވިއްކުމުގެ މަސައްކަތް ފަށާފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަކީލު އަލީ ހުސެއިން ފާހަގަކުރައްވާފައިވަނީ ރަސްމާލޭގެ ބިމުން ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދޭން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ވިއްކައިފިނަމަ ނުވަތަ ވާރުތަވެއްޖެނަމަ އެ ފަރާތްތަކަށް އިތުރު 99 އަހަރަށް އެ ތަންތަން ލިބޭ ގޮތަށް އޮތުމަކީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ށ) އާ ތައާރުޒުވާ ކަމެއް ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.
ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ކަނޑައަޅާފައިވާތީ، އެ އެއްބަސްވުން ބާތިލުކޮށްދިނުމަށް މައްސަލައިގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުން މަޑުޖައްސައިލުމަށާއި އެ އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ ބިމުގެ މައްޗަށް އެއްވެސް ފަރާތެއްގެ ހައްގެއް އުފަންވާނެ ކަމެއް ނުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ވަނީ އެދިފަ އެވެ.
ސަރުކާރުން އީގަލް ހިލްސްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއްވެސް ނުނަގާ ގޮތަށް މުޅިން ހިލޭ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ރައީސް މުއިއްޒު ފާކިސްތާނަށް، 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ
ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލައިފި
ޔޫކޭއަށް ދަތުރުކުރާ ދިވެހިން އީޓީއޭއަށް ސަމާލުވާން އެދިއްޖެ

ގާނޫނު އަސާސީ އާއި ޚިލާފު އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްގެން ނުވާނެއޭ މީތޯ މުއިއްޒު މިގައުމުން އެންމެ އިންޗި އެއްވެސް ބޭރު ބަޔަކަށް ނުދޭނަމޭ ބުނެ ކާދަރޭ ކަންކުރާ ގޮތަށް މުޅި ރަސްމާލެ އެއްކޮށް ހިލޭ ހިބައިން ޔޫއޭއީގެ ކުންފުންނަކަށް ދިނީދޯ މީ ސީދާ ގައުމަށް ގައްދާރުވުމޭ މިއަށް ކިޔާނީ ހަރާމްކޯރު ބަތާހަރާމީ ވުމޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކްދޯ...
ކޮބާ ޕީއެންސީ ހުންނާނެ މިހާރު ރާކަނި މަސްކެވިފައި ތަމެން ދެން މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށްދޭބަލަ...