ދުނިޔޭގައި މިހާތަނަށް ފެނިފައިނުވާ ވަރުގެ ބޮޑު ރަނުގެ ހަޒާނާއެއް ޗައިނާގެ ޕްރޮވިންސަކުން ފެނިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ސެންޓްރަލް ޗައިނާގެ ހުނާން ޕްރޮވިންސުން ފެނިފައިވާ އެ ރަނުގެ ހަޒާނާގެ ބަރުދަން 1000 ޓަނަށްވުރެ ބަރު ވާނެ ކަމަށް ޖިއޮލޮޖިސްޓުން ލަފާކުރެ އެވެ. އެގޮތުން މިހާރު ބާޒާރުގައި ރަނުގެ އަގު ހުރި މިންވަރަށް ބަލާއިރު އަލަށް ފެނުނު ހަޒާނާގެ އަގު 80 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ބިމުގެ 2000 މީޓަރަށްވުރެ އަޑިން ފެނިފައިވާ އެ ހާޒާނާއަކީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން ފެނިފައިނުވާ ވަރުގެ ބޮޑު ހަޒާނާ އެކެވެ.
މީގެ ކުރިން ދުނިޔޭގެ އެންމެ ބޮޑު ރަނުގެ ހަޒާނާ އޮތް ގައުމުގެ ރެކޯޑު އޮތީ އެމެރިކާ އަށެވެ. އެއަށްފަހު ޖަރުމަނު ވިލާތަށެވެ.
ޗައިނާއިން މި ފެނުނު ރަނުގެ ހަޒާނާއާއެކު އެ ގައުމުގެ އިގްތިސާދު ބޮޑުތަނުން ރަނގަޅުވާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.