ޕެރިސް (16 ފެބްރުއަރީ) – ޕީސީއާރު ޓެސްޓްތަކުން ނުދައްކާ އާ ވޭރިއެންޓެއް ފްރާންސްއިން ފެނިއްޖެ އެވެ.

ޕޯސީއާރު ޓެސްޓުން ދެނެގަންނަން އުނދަގޫވި ނަމަވެސް، މި ވޭރިއެންޓަކީ ކުރީގެ ވޭރިއެންޓްތަކަށް ވުރެ ބާރުގަދަ އަދި ނުރައްކާތެރި ވޭރިއެންޓެއް ކަމަށް ބުނެވެން ނެތް ކަމަށް ފްރާންސްގެ ހެލްތު މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ޑަބްލިއުއެޗްއޯއިން ވަނީ މި އާ ވޭރިއެންޓް ވެސް ތަހުގީގުކުރާ ކެޓަގަރީއަށް ބަދަލުކޮށްފަ އެވެ. އެ ތަހުގީގުކުރަން ނިންމީ ޕީސީއާރު ޓެސްޓަށް ދެނެނުގަނެވޭތީ ކަމަށް ބެލެވެ އެވެ.

ބްރެޒިލް، އިނގިރޭސިވިލާތް އަދި ދެކުނު އެފްރިކާއިން ފެނުނު ވޭރިއެންޓްތަކަނީ "ވޭރިއެންޓް އޮފް ކޮންސާން" ގެ ދަށުން އަންނަ ވޭރިއެންޓެވެ.

މި ވޭރިއެންޓް މިހާތަނަށް ފަރާންސްގެ އަށް މީހެއްގެ ގައިން ފެނިފައިވެ އެވެ. އެގަ އުމުގައި މި ކަމުގެ އިތުރު ތަހުގީގުތައް ވަނީ ފަށައިފަ އެވެ. މިހެން ވުމުން ފްރާންސް އާ ލޮކްޑައުން އަކަށް ހިނގައިދާނެކަމުގެ ހަބަރު އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޯން ވަނީ ދެއްވާފަ އެވެ. -- ރޮއިޓާސް