އަލަތު ދަރިފުޅާއެކު ބޭނުންވާ ވަރަށް ވަގުތު ހޭދަ ނުކުރެވޭތީ ދެރަވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ވަރުން ދަވަން ބުނެފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަރުން ބުނީ ދަރިފުޅުގެ އުމުރުގެ އެންމެ ފުރަތަމަ މަސްތަކުގައި އޭނާ ބޮޑުވާ މަންޒަރު ބަލަން ނުހުރެވޭތީ ހިތާމަކުރާ ކަމަށެވެ.
މިއަހަރުގެ ޖޫން މަހު ވަރުންއާއި އޭނާގެ އަންހެނުން ނަތާޝާ ދަލާލްއަށް އަންހެން ކުއްޖަކު ލިބިފައިވާއިރު އޭގެ ފަހުން ވަރުން އުޅެނީ އޭނާގެ މަސައްކަތުގައި ވަރަށް ބުރަކޮށެވެ.
"ނަތާޝާއާއި ލާރާއާއެކު ގިނަ ވަގުތު ހޭދަ ނުކުރެވޭތީ ދެރަވޭ. ލާރާގެ އެންމެ ފުރަތަމަ ކަންތައްތައް ގިނަފަހަރަށް އަހަންނަކަށް ނުފެނޭ" ވަރުން ބުންޏެވެ.
އޭނާ އިތުރަށް ބުނީ އޭނާގެ މަސައްކަތްތައް ފުލުފުލުގައި އެބަހުރި ކަމަށާއި އެހެން ނަމަވެސް ވީ ވަރަކުން އާއިލާއަށް ވަގުތު ދެމުން އަންނަ ކަމަށެވެ.
ވަރުންގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް އޭނާ ފެންނާނީ މިމަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ "ބޭބީ ޖޯން" އިންނެވެ.

ރ. ވާދޫން އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިއްޖެ
ރޯދަ މަލާފަތް: ރިހައާއެކު ކާން ކިރުފޮޅި ހަމަ އެއްވަނަ!
ދުނިޔޭގެ ތާރީހުގައި ތައްޔާރު ކުރެވުނު އެންމެ ދިގު ރޯދަ ސުފުރާ!