އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް ބަލައި އެސެސް ކުރާ "ޕިއާ ރިވިއު ޕޫލް"ގައި ބައިވެރިވުމުގެ ފުރުސަތު އެމްއެމްއޭ އިން މިއަދު ހުޅުވާލައިފި އެވެ. މި ޕޫލްގައި ހިމެނެނީ ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ދާރިސުންނާއި އެކި ފަންނުތަކުގެ މާހިރުންނެވެ.
މި ޕޫލަށް ހޮވޭ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮންފަރެންސަށް ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ ފަންނީ ފެންވަރު ވަޒަންކުރުމާއި، މައުލޫމާތުގެ ސައްހަކަމާއި ދިރާސާގެ މައުޟޫގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށް މިނިވަން އަދި އިލްމީ ހިޔާލު ފޯރުކޮށްދިނުމެވެ.
މި ޕޫލްގައި ބައިވެރިވެވޭނީ އެކި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. އެގޮތުން، މެކްރޯ އިކޮނޮމިކްސް، މަނިޓަރީ އިކޮނޮމިކްސް، އިސްލާމިކް ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފަތުރުވެރިކަން، ބައިނަލްއަގްވާމީ ވިޔަފާރި، ޑިޖިޓަލް ފައިނޭންސް އަދި ވެސް ކޮންފަރެންސާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.
އެމްއެމްއޭ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ކަރުދާސްތައް ދިރާސާ ކުރާނީ "ޑަބަލް ބްލައިންޑް ޕިއާ ރިވުއު" އުސޫލުންނެވެ. މާނައަކީ ރިވިއު ކުރާ ފަރާތައް އަދި ދާރިސަށް އެކަކު އަނެކަކު ނޭނގޭނޭހެންނެވެ.
އެމްއެމްއޭގެ ޕިއާ ރިވިއުއާ ޕޫލްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ނިންމާ ފަރާތްތަކަށް ސެޓްފިކެޓާއި، އުޖޫރަ އަދި އެ ނޫންވެސް އިތުރު ފުރުސަތުތައް ލިބޭނެ އެވެ.
ޕިއާ ރިވިއުއާއަކަށް ވުމަށް އެޕްލިކޭޝަން ހުށަހަޅާނީ ރިސާޗް ކޮންފަރެންސް ވެބްސައިޓްގައިވާ ޕިއާ ރިވިއުއާ ފޯމު ފުރައިގެންނެވެ.
އެޕްލިކޭޝަން ލިންކް
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 27 ސެޕްޓެންބަރު އެވެ.
ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026 ކުރިއަށް ދާނީ 5-7 ޑިސެންބަރަށެވެ.
ހަނގުރާމަ ވަރުގަދަވެ، ސައުދީއަށް ހޫތީން ގިނަ ހަމަލާތަކެއް ދީފި
ޑޮލަރުގެ އަގު ތިރިކުރެވިއްޖެ: ސައީދު
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
