ކ. ގުރައިދޫގައި ހަތަރު މަހުގެ ކުއްޖަކު މަރުވުމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅިފައިވަނީ މިއަދު ކަމަށެވެ. އެ މައްސަލައިގެ ތަހުގީގަށް އެ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގަ އެވެ.
އެ ކުއްޖާ ފެނުނު ގެ ހިމެނޭ ސަރަހައްދު ފުލުހުންގެ ތަހުގީގަށް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
ދިރާގަށް ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026ގެ ޓެލްކޯ އޮފް ދަ އިޔާ
މެންބަރުން ހަމަނުވެ 'ދަ ޑިމޮކްރެޓްސް' އުވާލައިފި
އަހާންއާއި އަނީތު އަލުން އެކުގައި ބޮޑު ސްކްރީނަށް!
