ނިމިގެން ދިއަ ރައީސް އިބުރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ ސްކީމް"ގައި ޝަރުތުހަމަނުވާ ބަޔަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގޯތި ދިންކަން ފަޅާއަރައިފި އެވެ.

ކަމާގުޅޭ ފުރިހަމަ ހެއްކާއެކު މިކަން ފަޅާއަރުވާލީ ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުންނެވެ. އެ އެކައުންޓުން ވަނީ މިކަމާ ގުޅޭ ލިޔުންތަކެއް ލީކްކޮށްލާފަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ގޯތި ލިބިފައިނުވިނަމަވެސް، ބެކްޑޭޓްގައި ސައްހަ ނޫން އެގްރީމެންޓެއް ހަދައި ގޯތި ހަވާލުކުރިކަން ވެސް ވަނީ ފަޅާއަރައިފަ އެވެ. އެ އެގްރީމެންޓްގެ ކޮޕީއެއް ވެސް ހަސަން ކުރުސީ ވަނީ ހާމަކޮށްފަ އެވެ.

ފަޒުލްގެ ބޭބެ އާއި އަދި އިތުރު މީހަކަށް ނުހައްގުން، ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށްގެން ދީފައިވާ ގޯތީގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ވެސް ހަސަން ކުރުސީ ވަނީ ހާމަކޮށްފަ އެވެ.

އެ ސިޓީގައިވާ ގޮތުން ގޯތީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޒީލް ރަޝީދާއި އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކަށެވެ.

އެޗްޑީސީން ފޮނުވި ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެ އެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

އޭގެ ތެރެއިން ހުޅުމާލޭ ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިނުމަށް ހަމަޖެހިފައިވާ ގޯތިތައް އެތަންތަނުގެ ވެރިންނާ ހަވާލުކޮށް ނިމިފައިވާ ކަމަށް މިދިޔަ އޮކްޓޯބަރު މަހު ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް އޮތީ ސޮއިކޮށްފަ އެވެ. މި ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލެ ފޭސް ދޭކާއި އަލަށް ހިއްކަމުން އަންނަ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭނެ އެވެ.ސޗހެ