ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތީގެ ވައްކަމާ ގުޅޭ ތަހުގީގު ކުރިޔަށްދާތީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝިދާއި އެ ކުންފުނީގެ ބޯޑު މެމްބަރުން ޕްރައިވެޒައިޓޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެމްބަރުން ސަސްޕެންޑްކުރީ ފުލުހުން މިހާރު ކުރިޔަށް ގެންދާ ތަހުގީގާ ގުޅިގެން ކަމަށެވެ. އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވެސް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ބޯޑުން ބުންޏެވެ.
އެ ކުންފުނީގެ ބޯޑު މެމްބަރުން ސަސްޕެންޑްކުރިއިރު، އެ ކުންފުނީގެ ހިންގުން ސަސްޕެންޑްކޮށްފައިވެ އެވެ. އެގޮތުން ބިންވެރިޔާ ސްކީމާ ގުޅޭ ހުރިހާ ކަންކަމާއި ވިޔަފާރި އުސޫލުން ދޫކުރާ ބިންތައް، އާއްމުން ދިރިއުޅުމަށް ދޫކުރާ ބިންތަކާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމާއި ޕްރޮކިއުމަންޓާ ގުޅޭ ހުރިހާ ކަންކަމާއި ފައިސާ ދޫކުރުމާ ގުޅޭ ހުރިހާ ކަމަކާއި މުވައްޒަފުން ނެގުމާއި ވަކިކުރުން ވަނީ ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ. އަދި އެ ކުންފުނީގެ އައިޓީ އަދި ސާވާތައް ބެލެހެއްޓުން ވެސް ހިމެނެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަނީ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ބިންތަކެއް ވިއްކައި ބޮޑު ޖަރީމާއެއް ހިންގައިފަ އެވެ. އޭގެ އަގު 406 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެނގިފައިވެ އެވެ.
ރައީސް މުއިއްޒު ބޮޑުކުރި 4000 ފްލެޓްގެ ކުލި ކުޑަކޮށްދީފި
ކޮތަނބިރި ފަތުން ކުރެވިދާނެ ތަފާތު ބޭނުންތަކެއް!
އިމްރާން ޚާންއަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް