ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި ކައުންސިލްތަކުން ގެންނަ ސާމާނުން ޑިޔުޓީ މައާފުކޮށްދޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުނިސިޕަލް ހިދުމަތްތައް ދިނުމަށް ކައުންސިލްތަކުން ގެންނަ އާލާތްތަކާއި މެޝިނަރީތަކުން ނަގާ ޑިއުޓީ މައާފުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ ކައުންސިލްތަކުން ގެންނަ ތަކެތި އެ ފަރާތުން އެދުނީމަ މުނިސިޕަލް ހިދުމަތްތަކަށް ގެންނަ ތަކެތިން މައާފުކޮށްދޭނެ ކަމަށެވެ. އަދި ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދީ، ހިދުމަތްތައް ރަނގަޅުވެއްޖެނަމަ އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށާއި މީގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފައްކާވެ ހަރުދަނާވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޑިއުޓީ މައާފުކޮށްދިނުމުގެ އިތުރުން ރަށްރަށުގައި ހިންގާ ގެސްޓް ހައުސްފަދަ ތަންތަނުން ނަގާ ޓެކްސްއިން މިންވަރެއް ކައުންސިލްތަކަށް ދިނުމަށްވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިކަން ހާސިލްކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހަށް ހުށައަޅައިގެން ކުރައްވާކަމަށް ވެސް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލައިފި
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ރައީސްގެ ހުށަހެޅުއްވުމަކަށް ސެނެޓުން ނޫނެކޭ ބުނެފި