މި އަހަރުގެ ފާހަގަކޮށްލެވޭ ރީތި ތާރިހެއް ކަމަށްވާ މިއަދުގެ ތާރީހު 24-12-24 ގައި މާލޭގައި 52 ކައިވެނިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު މާލޭގައި އެކަނިވެސް 52 ކައިވެނި ކުރުމަށް ހަމަޖެހިފައިވެ އެވެ.
ފެމިލީ ކޯޓުން ބުނީ މިއަދުގެ ރަސްމީ ގަޑީގައި 16 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއް ދުވަހެއްގައި 52 ކައިވެނި ކުރުމަކީ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ. އެނގިފައިވާ ގޮތުގައި މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މާލޭގައި ގިނަ އަދަދެއްގެ ކައިވެނި ކުރާ ގޮތަށް ހަމަޖެހިފަ އެވެ.
ފެމިލީ ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި 192 ކައިވެނިކޮށްދީފައިވާއިރު ނޮވެމްބަރު މަހު 95 ވަރި ރަޖިސްޓަރީކޮށްފައިވެ އެވެ.
ސަލްމާންގެ "ތޭރޭ ނާމް" އަލުން ސިނަމާތަކަށް!
ކައުންސިލާއި ކޮމިޓީ އިންތިހާބަށް ޝަރުތުހަމަވީ 2،993 މީހުން
ޒަކާތުގެ ފައިސާ ބަލައިގަތުމަށް ފިތުރު ޕޯޓަލް ތައާރަފުކޮށްފި