ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް ގެއްލިއްޖެ ކަމަށާއި، އެގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވަމުންދާ ކަމަށް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުދަ ދުވަހު ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރު އީރާނަށް މުޅިން ގެއްލިފައިވާ ކަމަށާއި، ތެހެރާންގެ އިގްތިސާދު އޮތީ މުޅިން އިނދަޖެހުމުގެ މަގުމަތީގައި ކަމަށެވެ.
ޔޫނާނީވިލާތުގެ އެތެންސަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅި މިހާރު އޮތީ ހުޅުވާލެވިފައި ކަމަށާއި، މި ހަމަނުޖެހުންތައް ފެށުމުގެ ކުރިން ބޭރުކުރި މިންވަރާ ގާތްކުރާ އަދަދަކަށް މިހާރުވެސް ތެޔޮ ބޭރުކުރަމުންދާ ކަމަށެވެ. އެހެންކަމުން، އެ ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެރިކަން އީރާނަށް މުޅިން ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޔޫނާނީވިލާތުގެ ހާރިޖީ ވަޒީރު ޖޯޖް ޖެރަޕެޓްރިޓިސްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޫބިއޯ އަލުން ތަކުރާރުކުރެއްވީ، އީރާނަށް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި، އެއީ ވަރަށް ސާފު ކަމެއް ކަމަށެވެ.
އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާ އެކު އެއްބަސްވުމަކަށް އައުމަށް ލިބުނު ގިނަ ފުރުސަތުތަކެއްގެ ބޭނުން އެގައުމުން ހިފާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އީރާނަށް ކުރިމަތިވެފައިވާ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ބާރުވެރިކަން ކުރިއަށްވުރެ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށްވެސް ރޫބިއޯ ވިދާޅުވި އެވެ.
ރޫބިއޯ ވިދާޅުވި ގޮތުގައި، މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދު ދަނީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ ކުރިމަތިނުވާ ފަދަ ނުރައްކާތެރި ހާލަތަކާ ދިމާލަށެވެ.
އަދި އީރާނުގެ ހަރުކަށި ދީނީ އިލްމުވެރިންނަށް ލިބޭ ކޮންމެ ޑޮލަރެއް ހޭދަކުރަނީ ހިޒްބުالله އާއި ހަމާސްއަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުބެހެއްޓޭނެ، މިއީ ވަރަށް ސާފު ކަމެއް،" ރޫބިއޯ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއަށް ގަބޫލުކުރެވޭ ފަދަ އެއްބަސްވުމަކަށް އީރާނުން އަންނަންވާނީ، އެގައުމަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެކަން ކަށަވަރުކުރެވޭ ފަދަ ގޮތަކަށް ކަމަށެވެ.
އީރާނުން މަސައްކަތް ކުރަމުންދިޔައީ އެގައުމުގެ އަސްކަރީ ގާބިލުކަން އެހެން ގައުމުތަކަށް އަތްނުލެވޭ ފަދަ މިންވަރަކަށް ވަރުގަދަކުރުމަށް ކަމަށްވެސް ރޫބިއޯ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފާކިސްތާނަށް، 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ
މަޝްހޫރު ފަންނާނުންނާއެކު އަބޫދާބީގައި މިއުޒިކް ފެސްޓިވަލެއް!
ފޮނުވާ މުހިންމު ގައުމަށް ފައިދާހުރި ޚިޔާލެއް ނުޖަހައޭ ތިޔަ ބޭފުޅުން.
ރިޕްލައިއެހެން ވެގެންނޭ މިގޮވަނީ ސަސްޕެންޑެއް ނޫނޭ ކުރަންވީ...ހައްޔަރުކޮށް ސިފައިންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެންނޭ ތިޔަ މަސްއަލަ ބަލަންވީ..ސަސްޕެންޑް ކުރީމާ ހެއްކަށް ނުފޫޒު ފޯރުވާނެ..ޤާނޫނު ނެތޭ ނުބުނާތި..މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނާނީދީފަ..5 މިނެޓުން އިޞްލާޙް ގެނެވޭނެ....މަޑުޗަކުން ޗައްޕާހުންނަކަށް ގައުމެއްގައި ހުރި ބޮޑެތި މަސްއަލަ ތަކެއް ޙައްލެއް ނުކުރެވޭނެ....ދެން ހަމަ ބުނެވެން އޮތީ އެމީސް މީހުން ލައްވާ ބައި އެޅޭ ގޮތަށް ވައްކަން ކުރުވަނީއޭ.
ރިޕްލައިއޭނަ ކޮއްފާނެ ތިކަހަލަ ކިތައްމެ ވައްކަމެއް. އެއީ ހައްބޯރާއްސަކައް ވުރެ ނުބައި މީހެއް
ރިޕްލައިވަގުންގެ މައްސަލަ ބަލަން ވގނ ނާއި ހަވާލު ވީމާ ވާނީ މިހެންނެވެ. ބަލަންތިބީވެސް ތިޔަ ގޯއްޗާއި ފްލެޓް ލިބުނު މީހުންނެވެ.
ރިޕްލައި