ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާއާއި އޭނާގެ ލޯބިވެރިޔާ ކެލަމް ޓާނާ އެންގޭޖް ވެފައިވާ ކަމަށް މީޑިއާ ހަބަރުތައް ބުނެފި އެވެ.
މި އަޑުތައް އަރާފައި މިވަނީ މިފަހުން ކެލަމް ބޭއްވި ކްރިސްމަސް ޕާޓީއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއްގައި ޑުއާގެ އިނގިލީގައި އެންގޭޖްމަންޓު އަނގޮޓިއެއް އޮތުމުންނެވެ. އެއާއެކު ކެލަމް ޑުއާއަށް ކައިވެންޏަށް ހުށައެޅީ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް އެކަން އެދެތަރިންކުރެ އެއްވެސް ތަރިއެއް ޔަގީން ކޮށްދީފައެއް ނުވެ އެވެ.
އިނގިރޭސި ވިލާތަށް އުފަން އަލްބޭނިއާގެ ރަށްވެހިކަން އޮންނަ ޑުއާއަކީ ކާމިޔާބު ގިނަ ލަވަތަކެއް ކިޔައިދީފައިވާ މަޝްހޫރު ލަވަކިޔުންތެރި އެކެވެ.
އޭނާގެ ބައިވެރިޔާ ކެލަމްއަކީ އިނގިރޭސި ވިލާތަށް އުފަން "ފެންޓާސްޓިކް ބީސްޓް" ފަދަ ހޮލީވުޑް ފިލްމުތަކުން އާއްމުންގެ ސަމާލުކަން ހޯދި ތަރި އެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ކެލަމްއާއި ޑުއާ އެންގޭޖް ވެފައި މިވަނީ ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ.
މިފަހުން ހޮލީވުޑްގެ އެހެން ލަވަކިޔުންތެރިއެއް ކަމަށްވާ ސެލީނާ ގޯމޭޒް ވެސް ވަނީ އޭނާގެ ލޯބިވެރިޔާއާ އެންގޭޖްވި ކަން އިއުލާން ކޮށްފަ އެވެ.
 އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
			އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
		 ބްރެޒިލްގައި ޑްރަގް ގޭންގެއްގެ ގިނަ ބަޔަކު މަރާލައިފި
			ބްރެޒިލްގައި ޑްރަގް ގޭންގެއްގެ ގިނަ ބަޔަކު މަރާލައިފި
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 
					 
					 
					 
					 
					 
					 
					 
					 
					 
					