ބޮލީވުޑްގެ ޒުވާން ޖޯޑެއް ކަމަށްވާ ސިދްހާތު މަލްހޯތުރާއާއި ކިއާރާ އަދްވާނީއަށް އަލަތު ދަރިފުޅު ލިބެން އުޅޭ ކަމަށް އަޑުތައް ފެތުރިއްޖެ އެވެ.
ކިއާރާ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ބުނާ އަޑުތައް ފެތުރިފައި މިވަނީ ނިމިގެންދިޔަ ކްރިސްމަސްގެ މުނާސަބަތުގައި އެ ދެމަފިރިން އާއްމުކުރި ފޮޓޯއަކާ ގުޅިގެންނެވެ.
އެ ފޮޓޯގައި ކިއާރާ ހުރީ ހުދު ކުލައިގެ ބޯޅަޖެހި ކަޅު ހެދުމެއް ލައިގެންނެވެ. ސިދްހާތުގެ ގައިގައި ބައްދާލައިގެން ހުރިއިރު ބަނޑުބޮޑުކަން ފާހަގައެއް ނުވެ އެވެ.
އެހެން ނަމަވެސް ކިއާރާ ބަލިވެ އިންކަމަށް އަޑުތައް އެރީ އޭނާ ލައިގެން ހުރި ހެދުމުގެ ސަބަބުންނެވެ. ހަމަ އެ ޑިޒައިންގެ ހެދުމެއް ލައިގެން ބޮލީވުޑްގެ އެހެން އެކްޓަރުންތަކެއް ވެސް ވަނީ އެމީހުން ބަލިވެ އިންކަން އިއުލާން ކޮށްފަ އެވެ.
އެގޮތުން އަނުޝްކާ ޝަރްމާއާއި ނަތާޝާ ސްޓެންކޮވިކް ވެސް ބަލިވެ އިންކަން އިއުލާން ކޮށްފައިވަނީ ހުދު ކުލައިގެ ބޯޅަޖެހި ކަޅު ހެދުމެއް ލައިގެން ހުރި ފޮޓޯއަކާއެކު އެވެ.
އެހެން ކަމުން ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަކޮށް ކިއާރާވެސް ނުސީދާ ގޮތެއްގައި ބަލިވެ އިންކަން އިއުލާން ކުރީ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް މިކަން ޔަގީންވެފައެއް ނުވެ އެވެ.
އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ކިއާރާއާއި ސިދްހާތު ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާޖަސްތާނުގައި ބޭއްވި ހަފްލާއެއްގަ އެވެ.