ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބ. ކަމަދޫ އާމިނަތު ޒާރާ ބުރުގާ އަޅައިގެން ހުންނަ ފޮޓޯ އެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.
ޒާރާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ބުރުގާ އެޅި ވީޑިއޯއަކީ ފިރިމީހާ އަހުމަދު ސިޔާމް މުހައްމަދާ އެކު އުމުރާގެ އަޅުކަމުގައި އުޅެމުން ނަގާފައިވާ ވީޑިއޯއެކެވެ.
ވީޑިއޯއިން ފެންނަގޮތުން ހުދު ކުލައިގެ ރީތި އަބާޔާއަކާއެކު ހުދު ބުރުގާއެއް އަޅައިގެން ޒާރާ އިންނަނީ ކާރެއްގެ ތެރޭގައި ސިޔާމްގެ އަތުގައި ހިފައިގެން ކޮނޑުގައި ބޯއަޅައިގެންނެވެ.
ދެމަފިރިންގެ އުމުރާ ދަތުރާ ގުޅޭ އެކި ސްޓޯރީތައް ޒާރާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ޒާރާ ވަނީ އޭނާގެ ގިނަ ސްޓޯރީތަކުގައި ފިރިމީހާ ސިޔާމް ދެކެ ވަރަށް ލޯބިވާކަމަށް ބުނެފަ އެވެ.
ޒާރާ ބުރުގާގައި ފެނިލުމުން ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.
ދާދިފަހުން ސިޔާމް ޒާރާއަށް އަނިޔާކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރުނު ނަމަވެސް ޒާރާ ބުނެފައިވަނީ ސިޔާމްއަކީ ދުވަހަކުވެސް މީހަކަށް، ހާއްސަކޮށް އަންހެނަކަށް އަނިޔާކުރާނެ މީހެއް ނޫން ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކައިވެނި ކުރި ވިޔަފާރިވެރިޔާ ސިޔާމް އާއި ޒާރާ އަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ޖޯޑެކެވެ. ޒާރާ އަކީ ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން މީހުންގެ މަގުބޫލުކަން ހޯދި ޒުވާނެކެވެ.
މޭޔަރު ސައުދު ކޯޓަށް ހާޒިރެއް ނުވި: ކްރިމިނަލް ކޯޓް
2027 ގައި ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ
އިލްމުވެރިންގެ ގުޅުމުން ރައީސަށާއި މަޖިލީހަށް ރައުޔު ފޮނުވައިފި
ލޯބިނުވިޔަސް ވާކަންހާމަކުރެވިދާނެ ހިތުގައޮންނައެއްޗެއް މީހަކަށްނޭންގޭނެތާ