ހޮލީވުޑްގެ މަޝްހޫރު ތަރި އަދި އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ މޭގަން މާކަލްގެ ނެޓްފްލިކްސް ސީރީޒް "ވިތު ލަވް، މޭގަން" ރިލީޒް ކުރުން ފަސްކޮށްފި އެވެ.
މި މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރަން ހަމަ ޖެހިފައި އޮތް މޭގަންގެ އެ ސީރީޒް ރިލީޒްކުރުން ފަސްކޮށްފައި ވަނީ ލޮސް އެންޖެލަސްގައި މިހާރު ރޯވެފައިވާ އަލިފާންތަކުގެ ސަބަބުންނެވެ.
އެގޮތުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޝޯ ރިލީޒް ކުރުމަކީ އެ ޝޯއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ނެޓްފްލިކްސްއިން ބުނެފައިވެ އެވެ.
އެހެން ކަމުން އޭގެ ބަދަލުގައި ދެން އެ ޝޯ ރިލީޒް ކުރަން އެ ކުންފުނިން ހަމަޖައްސާފައިވާ ތާރީހަކީ އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހެވެ.
"ވިތު ލަވް، މޭގަން"އަކީ ޕްރިންސް ހެރީއާއި މޭގަން ޝާހީ އާއިލާއިން ވަކިވެ އެމެރިކާގެ ކެލިފޯނިއާއަށް ބަދަލު ވުމަށްފަހު މޭގަންގެ ދިރިއުޅުމުގެ އުސްއަލިތައް ދައްކުވައިދޭ ޝޯއެކެވެ.
ކެލިފޯނިއާގެ ލޮސް އެންޖެލެސްގެ ތަފާތު ފަސް ސަރަހައްދެއްގައި ރޯވެފައިވާއިރު މިހާތަނަށް 24 އަށްވުރެ ގިނަ މީހުން މަރުވެ 10،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ.
މެސީ އިންޑިއާ އަށް ކުރި ދަތުރު އިންތިޒާމު ކުރި މީހާ ހައްޔަރަށް
އަދިވެސް ވައި ނުސާފު، އަންނަ ހަފްތާގެ ނިޔަލަށް ދެމިގެންދާނެ
ބީއެމްއެލް އިން "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި