އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ލުއިދިނުމަށް ގިނަ ބަޔަކާއެކު ހެދި އެއްބަސްވުންތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބާތިލްކޮށްފި އެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އިތުރު ތިން މީހަކާއެކު ވަނީ ލުއިދިނުމުގެ އެއްބަސްވުން ހަދާފަ އެވެ. އެ އެންމެން ވެސް މިހާރު ދިރިއުޅެނީ ރާއްޖެއިން ބޭރުގަ އެވެ.
ޕީޖީ އޮފީހުން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އެކުލަވާލާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ނިންމަވާފައިވާކަމަށެވެ. އެއްބަސްވުންތައް ނިމުމަކަށް ގެނައި ފަރާތްތަކުގެތެރޭގައި އަދީބުގެ އިތުރުން ހިމެނެނީ، މ. ލޭންޑް އޮފް ގާޑެން، އަހްމަދު އިޝްފާހް އަލީއާއި، މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފްގެ އިތުރުން ގ. އޮއިވާލި، މުހައްމަދު ހުސައިން (އޮއިއްޓޭ) އެވެ.
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކު ހެދި އެއްބަސްވުން 2022 ވަނަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، އެ މީހުންގެ ފަރާތުން އެ އެއްބާރުލުން ނުލިބޭތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މައްސަލައިގެ ތަހުގީގަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަހުގީގީ އިދާރާތުން މައުލޫމާތުދީފައިވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުން ހިމެނޭހެން ގިނަ ހިމެނެ އެވެ.
ލުއިދޭން ފައިސާނެގި އިމުރާނުވެސް އަންހެނުން ގޮވައިގެން ބޭރުގަ. އަލީޒާހިރުވެސް މިހާރު އެބައުޅޭ މާލޭގަ. އޭނަވެސް އުޅެނީ އެފެންވަރުގަ. ބައިއެޅީ އިބޫއަށްވެސް. ފައްޔާޒަށްވެސް. އޭން ލާރިކޮޅެއް ނުލިބުނީ ސާހިދަށް
ރިޕްލައިވަރަށް ރަންގަޅު ނިންމުމެއް
ރިޕްލައި