ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ އެނިސްޓަންއާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް އަރައިފި އެވެ.
ސޯޝަލް މީޑިއާގައި މި އަޑުތައް ގަދަވެފައި މިވަނީ އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ މޭގަން ކެލީ އެކަމާ ބެހޭގޮތުން ފާޅުގައި ވާހަކަ ދެއްކުމުންނެވެ.
ކެލީ ބުނީ އެއީ ނާދިރު ކަމެއް ނަމަވެސް އެކަން ވެއްޖެނަމަ އެއީ އެމެރިކާގެ ސިޔާސީ މަޝްރަހަށް އަންނާނެ ބޮޑު ބިންހެލުމެއް ކަމަށެވެ.
ޖެނިފާއާއި އޮބާމާގެ ލޯބީގެ އަޑުތައް ގަދަވެފައިވާއިރު މިފަހުން އޮބާމާ ފެނުނު އާއްމު ބައެއް ފެނިލުންތަކުން އޭނާގެ އަންހެނުން މިޝޭލް އޮބާމާ ފެނިފައެއް ނުވެ އެވެ.
އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާގެ ޖަނާޒާއާއި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ހުވާ ކުރެއްވުމުގެ ހަފްލާއަށް ވެސް މިޝޭލް ގޮސްފައެއް ނުވެ އެވެ.
މިތަންތަނުން އޮބާމާއާއެކު މިޝޭލް ނުފެނުމުގެ ފަހަތުގައި ވަނީ އެދެމީހުންގެ ކައިވެނީގައި ޖެހިފައިވާ މައްސަލަތައް ކަމަށް ބައެއް މީހުން ބުނެ އެވެ.
ޖެނިފާއާއި އޮބާމާގެ ލޯބީގެ ވާހަކަތައް މީޑިއާގައި ދައުރުވަމުން ދާއިރު އެ ދެމީހުންނަކީ ވެސް ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރާ ދެމީހުންނެވެ.