އިންޑިއާ ބަޔަކު "ޕޮންގަލް 2025"ގެ ނަމުގައި ރާއްޖޭގައި ބާއްވަން އުޅުނު ފެސްޓިވަލެއް ފުލުހުން ހުއްޓުވައިފި އެވެ.

އިންޑިއާގެ ތަމަޅަ މީހުން ކޮންމެ ޖެނުއަރީ މަހެއްގައި ބާއްވާ ޕޮންގަލް ފެސްޓިވަލަކީ އެ މީހުންގެ ދީނީ ބޮޑު ފެސްޓިވަލެކެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޖެނުއަރީ 7 ގައި ބޭއްވުމަށް ރާވަމުން އައި ޕޮންގަލް ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެކަން އިންތިޒާމުކުރި ފަރާތްތަކަށް ކަމާ ބެހޭ އިދާރާތަކުން މިހާރު އަންގާފައިވާ ކަމަށެވެ.

އެ ފެސްޓިވަލް ކެންސަލުކޮށްފައިވާ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން މައުލޫމާތު ދޭކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެފަދަ ހަރަކާތެއް ހިންގާ ނަމަ ފުލުހުން އެކަން ހުއްޓުވާނެ ކަމަށެވެ.

އެކަން އިންތިޒާމުކުރީ ކޮން ބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގައި އެ ފެސްޓިވަލްގެ އިސްތިހާރު ކުރުމަށް ހަރުކޮށްފައިވާ ޕޯސްޓަރުތަކެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ހިއްސާކޮށްފަ އެވެ.