ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރަކީ ސަންޖޭ ލީލާ ބަންސާލީ ކަމާމެދު ޝައްކެއް ނެތެވެ. މަޝްހޫރު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވީ ނަމަވެސް ބަންސާލީގެ ފިލްމުތަކުގެ ތެރެއިން އަދިވެސް އެފަދަ ދެވަނައެއް ނުވާ ފިލްމަކީ "ބްލެކް" އެވެ.

އަމީތާބް ބައްޗަން އާއި ރާނީ މުކަރްޖީ ލީޑު ރޯލުން ފެނިގެން ދިޔަ މި ފިލްމު ވެގެންދިޔައީ ބޮކްސް އޮފީހުގައި ކާމިޔާބު އަދި ބެލުންތެރިންނަށް ވެސް ވަރަށް ކަމުދިޔަ ފިލްމަކަށެވެ. އިންޑިއާގެ އިތުރުން މުޅި ދުނިޔޭގެ ކްރިޓިކުން ވެސް ވަނީ މި ފިލްމަށް ތައުރީފުކޮށްފަ އެވެ.

މި ފިލްމާ ގުޅޭ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ލީޑުން ފެނިގެން ދިިޔަ މެގަ ސްޓާ އަމީތާބް މި ފިލްމު ކުޅުމަށް އެއްވެސް ފައިސާއެއް ނަގާފައި ނުވާ ކަމެވެ.

މީގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ އަމީތާބްގެ ހިތުގައި ސަންޖޭ ލީލާ ބަންސާލީގެ މަސައްކަތަށް އޮންނަ ލޯތްބާއި އިހުތިރާމެވެ.

މިކަން ހާމަކޮށްފައިވަނީ އަމީތާބް ލިޔެ އާންމުކުރާ ބްލޮގެއްގަ އެވެ.

"ސަންޖޭ ލީލާ ބަންސާލީ ކޮށްފައިހުރި މަސައްކަތްތަކަށް ބަލާފައި އަހަރެން ބޭންވި އޭނާ އާ އެކު ފިލްމެއްގެ މަސައްކަތް ކުރަން. އެ ފުރުސަތު ލިބުމުން އަހަރެން ވަރަށް އުފާވި. އަހަރެން އެ ފިލްމު ކުޅުމަށް އެއްވެސް ފައިސާއެއް ނުނަގަން. އެފަދަ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ވެސް ފަހުރެއް،" އަމީތާބް ލިޔެފައިވެ އެވެ.

މިކަމުން ދައްކުވައިދެނީ އަމީތާބްގެ ހިތުގައި ފިލްމީ ދާއިރާއަށް އޮންނަ ލޯބިކަމަށް އޭނާގެ ފޭނުންދަނީ ބުނަމުންނެވެ.