ނިއުޒިލޭންޑްގެ ހުޅަނގު އައްސޭރީގައި ހުރި ފަރުބަދައަކަށް އެގައުމުގެ ގާނޫނު އަސާސީއިން ރަސްމީކޮށް އިންސާނެއްގެ ދަރަޖަ ދީފި އެވެ.
މައުންޓް ޓެރަނަކީ، މިހާރުގެ ގޮތުންނަމަ ޓެރަނަކީ މައުންގާއަކީ މިހާރު ނިއުޒިލޭންޑްގެ ގާނޫނުގެ ދަށުން ލިބިދޭ ހުރިހާ ހައްގުތަކާއި ޒިންމާތަކެއް ލިބިފައިވާ އެގައުމުގެ ރައްޔިތެކެވެ.
މި ނިންމުން އައިސްފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނަކާއެކުގަ އެވެ. އެ ފަރުބަދައަކީ ނިއުޒިލޭންޑްގެ ގަބީލާއެއް ކަމަށްވާ މައޯރީންގެ މެދުގައި ހާއްސަ ގަދަރެއް ދެވިފައިވާ ފަރުބަދައެކެވެ.
އެ ގަބީލާގެ މީހުން ގަބޫލުކުރާ ގޮތުގައި މައުންޓް ޓަރަނަކީއަކީ އެމީހުންގެ ކާބަފައިންގެ ތެރެއިންވާ މީހެކެވެ. އެހެން ކަމުން އެ ފަރުބަދައަށް ލިބެންވާ ހައްގުތައް ހޯދަން އެމީހުން އަބަދުވެސް މަސައްކަތް ކުރި އެވެ.
ނިއުޒިލޭންޑްގެ މި ނިންމުމާއެކު ފަތުރުވެރިންގެ މަގުބޫލު މަންޒިލަކަށް ވެފައިވާ މައުންޓް ޓަރަނަކީ ހިމާޔަތް ކުރުމުގައ މައޯރީންނަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.
އިންސާނެއްގެ ދަރަޖައާއެކު ނިއުޒިލޭންޑްގެ ރައްޔިތުކަން މައުންޓް ޓަރަނަކީއަށް ލިބިފައިވީ ނަމަވެސް އެ ފަރުބަދަ މިހާރު ވެސް ވަނީ ފަތުރުވެރިންނަށް ހުޅުވާލެވިފަ އެވެ.
ތުންފަތް ފަޅައިގެންދަނީ މިހެންވެ ކަމަށް ވެދާނެ!
ބޮލީވުޑް: 90ގެ އަހަރުތަކުގައި އެންމެ އަގުބޮޑު ތަރިން!
އީރާނުގެ އިންޒާރާއެކު ހަމަލާ ނުދޭން ޓްރަމްޕް އަންގައިފި