90ގެ އަހަރުތަކަކީ ބޮލީވުޑްގައި ކާމިޔާބު އެތައް ތަރިންތަކެއް އުފެދުނު އަހަރުތަކެކެވެ. މިހާރު އެ ދާއިރާގެ އެންމެ އިސް ސަފުގައި އުޅޭ ތަރިން ފަށައިގަތީ 90ގެ އަހަރުތަކުގައި ކަމަށްވާއިރު އެ ދުވަސްވަރު އެ ތަރިންގެ އަގުތައް ވެސް އުޅުނީ މިހާރާ ވަރަށް ތަފާތު ކޮށެވެ.
ޝާހްރުކް ޚާން
90ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ވެސް ގިނަބައެއްގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ ޝާހްރުކް ޚާން 90ގެ އަހަރުތަކުގައި ކޮންމެ ފިލްމަކަށް 30 ލައްކަ ރުޕީސްގެ އަގެއް ނެގި އެވެ.
އާމިރު ޚާން
"ރަންގީލާ"، "ގުލާމް" އަދި "ދިލް" ފަދަ 90ގެ މަޝްހޫރު ފިލްމުތަކުން ފެނުނު އާމިރު ޚާން އެ ދުވަސްވަރު ކޮންމެ ފިލްމަކަށް ނެގީ 30-35 ލައްކާ ދެމެދުގެ އަގެކެވެ.
ސަލްމާން ޚާން
ސަލްމާން ޚާންއަކީ މިހާރު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ އަގުބޮޑު އެއް ތަރި ނަމަވެސް 90ގެ އަހަރުތަކުގައި އޭނާގެ އަގު އުޅުނީ ކޮންމެ ފިލްމަކަށް 20 ނުވަތަ 25 ލައްކަ ރުޕީސްގަ އެވެ.
އަކްޝޭ ކުމާރު
އެކްޝަން ހީރޯއެއްގެ ގޮތުގައި އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކިލާޑީ ނުވަތަ އަކްޝޭ 90ގެ އަހަރުތަކުގައި ކޮންމެ ފިލްމަކަށް 30-40 ލައްކައާ ދެމެދުގެ އަގެއް ނެގި އެވެ.
ގޯވިންދާ
ހެއްވާ މަޖާ ރޯލުތަކުން އާއްމުކޮށް ފެންނަ ގޯވިންދާ 90ގެ އަހަރުތަކުގައި ކުޅުނު ފިލްމުތަކަށް ނެގީ 60 ލައްކަ ރުޕީސްގެ އަގެއް ކަމަށް ހަބަރުތައް ބުނެ އެވެ.
ސަންޖޭ ދަތު
ތަފާތު އެތައް ފިލްމުތަކަކުން 90ގެ އަހަރުތަކުގައި ފެނުނު ސަންޖޭގެ ކޮންމެ ފިލްމަކަށް 80 ލައްކަ ރުޕީސްގެ އަގެއް ނެގި ކަމަށް ބުނެވެ އެވެ.
ސަނީ ޑިއޯލް
90ގެ އަހަރުތަކުގެ އެންމެ އަގުބޮޑު ތަރިންގެ ލިސްޓުގެ ކުރީގައި އުޅެނީ ކޮންމެ ފިލްމަކަށް 90 ލައްކަ ރުޕީސްގެ އަގެއް ނެގި ފިލްމު "ބޯޑާ"ގެ ތަރި ސަނީ ޑިއޯލް އެވެ.