ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ އެންމެ ފަހުގެ ފެނިލުމާއެކު އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކާއި އޮންލައިން ފުރައްސާރަ އަމާޒުވާން ފަށައިފި އެވެ.
މިފަހުން އަމްބާނީ އާއިލާގެ ހަފްލާއެއްގައި ބައިވެރިވި ކެޓްރީނާގެ މި ފެނިލުމާއެކު އިންޓަނެޓް ބޭނުންކުރާ ބައެއް ފަރާތްތަކުން ވަނީ އޭނާގެ ހަށިގަނޑުގެ ބަރުދަނަށް އައިސްފައިވާ ބަދަލުތަކަށް އަމާޒުކޮށް ނޭދެވޭ ކޮމެންޓުތައް ކޮށްފަ އެވެ.
އެ ފެނިލުމުގައި ކެޓްރީނާ ކުރިއަށްވުރެ ބަރުދަން އިތުރުވެ ފަލަކޮށް ހުރިއިރު ބައެއް މީހުން އަންނަނީ އޭނާގެ ކުރީގެ ފޮޓޯތަކާ އަޅާކިޔަމުންނެވެ.
މިފަދަ ވާހަކަތަކަކީ މާބަނޑުވެ ވިހެއުމަށްފަހު އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ މެދު މުޖުތަމައުގައި ހުންނަ ނޭދެވޭ ވިސްނުންތައް ދައްކުވައިދޭ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.
މިފަދަ ދަށު ދަރަޖައިގެ ފާޑުކިޔުންތަކާ ދެކޮޅަށް ފިލްމީ ދާއިރާގެ އެހެން ފަންނާނުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ތެދުވެފަ އެވެ.
މިއީ މައިންނަށް އަންނަ ބަދަލުތަކަށް އިހުތިރާމު ކުރުމެއް ނެތި، ޒުވާބު އުފެއްދުމަށް ސޯޝަލް މީޑިއާގައި ހިންގާ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ބުނެ ގިނަ ބަޔަކު ދަނީ މިކަން ކުށްވެރި ވެސް ކުރަމުންނެވެ.
"ހޯމް ސްކޫލިންގެ ނަމުގައި އުޅެނީ ޒުވާން ޖީލު މަގުފުރައްދަން"
މަޖިލީހުގެ ރައީސްގެ މުސާރަ ވެސް 95،000ރ. އަށް ބޮޑުކޮށްފި
ދިރާގުގެ މޮބައިލް ކަސްޓަމަރުންނަށް އެލީޓް ކްލަބް+ ތައާރަފްކޮށްފި