ކައިވެނީގައި ބޭބެ ޖޯ ޖޯނަސް އެޅި ކަހަލަ "ޅަ އެއްޗެއް" ނާޅަން މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް މަސައްކަތްކުރާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ނިކް އަންނަނީ ޖޯއާއި އޭނާގެ ކުރީގެ އަންހެނުން ސޯފީ ޓާނާގެ ކައިވެނިން އިބުރަތް ލިބިގަނެ އޭނާގެ ކައިވެނީގައި އެކަންކަން ބޭނުން ކުރަމުންނެވެ.
ޖޯއާއި ސޯފީގެ ގުޅުމުން ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންތައްތައް ފާހަގަކޮށް އެކަންކަން އޭނާގެ އަމިއްލަ ކައިވެނި ވަރުގަދަ ކުރަން ނިކް މަސައްކަތް ކުރެ އެވެ.
އެގޮތުން ކައިވެނީގެ ގުޅުން އިތުރަށް ވަރުގަދަ ކޮށް އަންހެނުން ޕްރިޔަންކާއާ އޭނާއާ ދެމެދު އޮތް ލޯބި ކުރިއަށްވުރެ ވެސް އިތުރު ކުރަން ނިކް ހާއްސަ ސަމާލު ކަމެއް ދޭ ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއާއި ޕްރިޔަންކާގެ ކައިވެންޏަކީ މީޑިއާގައި ޖޯކަކަށްވެ ތުންތުން މަތިން ވާހަކަ ދެކެވޭ ކަމަކަށް ވާކަށް ނިކް ބޭނުމެއް ނުވެ އެވެ.
ނިކްއާއި ޕްރިޔަންކާގެ ކައިވެންޏަށް ފަސް އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ދެމީހުންގެ ދަރިއަކު ވެސް ހުރެ އެވެ. އެ ދެމީހުންނަކީ ހޮލީވުޑްގެ އެންމެ މަޝްހޫރު ޖޯޑުތަކުގެ ތެރެއިން ޖޯޑެކެވެ.
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ
ގަވާއިދާ ހިލާފަށް ޔުނިފޯމް އެލަވަންސް ދިން މައްސަލައެއް
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!