ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ސިދްހާތު މަލްހޯތުރާއާއި އޭނާގެ އަންހެނުން ކިއާރާ އަދްވާނީއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކޮށްފި އެވެ.

ކިއާރާގެ ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ދެމީހުންގެ ދިރިއުޅުމަށް ލިބޭ އެންމެ އަގުބޮޑު ހަދިޔާއަށް މަރުހަބާ ކިޔަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އެ ޕޯސްޓުގައި ހިމަނާފައިވާ ފޮޓޯގައި ފެންނަނީ ކިއާރާއާއި ސިދްހާތު އެމީހުންގެ އަތު ތެރޭގައި ތުއްތު ކުއްޖެއްގެ ފައި އުރައެއް ބާއްވާފައި އޮތް މަންޒަރެވެ.

https://www.instagram.com/p/DGnAatCoZpe/?igsh=MTZobzF2ZTBmd2hweA==

ކިއާރާ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިންކަން ޔަގީން ކޮށްދިން ނަމަވެސް އޭނާގެ ބަނޑަށް ވީ ކިހާ ދުވަހެއް ކަމެއް ބުނެފައެއް ނުވެ އެވެ.

އަލަތު ދަރިފުޅު ލިބެން އުޅޭކަން ކިއާރާ ޔަގީން ކޮށްދީފައި މިވަނީ އެކަހަލަ އަޑުތަކެއް މީޑިއާގައި ފެތުރޭތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

ކިއާރާއާއި ސިދްހާތު ކައިވެނި ކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ.