ރާއްޖޭގެ އެންމެ ބޮޑު ވީޑިއޯ އޮން ޑިމާންޑް ހިދުމަތް، މީޑިއާނެޓުގެ ވީޑިއޯކްލަބުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޓްރެންޑިން #1 ވަނައިގައި ރަސްކަން ކުރުމަށްފަހު، "ހިންތާ" ސީރީޒްގެ މި ސީޒަން މިވަނީ ނިމުމަކާ ގާތްވެފަ އެވެ. "ހިންތާ" ގެ ފިނާލޭ އެޕިސޯޑު މި ބުރާސްފަތި ދުވަހު ވީޑިއޯކްލަބަށް ރިލީޒްކުރާނެ އެވެ. އަދި ބެލުންތެރިންނަށް ބަލާލެވޭނެ އެވެ. މި ސީރީޒް އަދި ނުބަލާ ފަރާތްތަކަށް ފިނާލޭއަށް ފަހު މި ސީރީޒްގެ ހުރިހާ އެޕިސޯޑެއް ބިންޖް ކޮށްގެން ބަލާލެވޭނެ އެވެ.
ކޯޕަރޭޓް ތްރިލާ ޖޮންރާގެ މި ސީރީޒްއަށް ދިވެހިންގެ ބޮޑު ތަރުޙީބެއްވަނީ ލިބިގެން ގޮސްފަ އެވެ. މިއީ ދިވެހިންނަށް އާ ރަހައެއްގެ ސީރީޒްއެއް ކަމުން ގިނަ ބައެއްގެ ޝައުގުވެރިކަންވަނީ މި ސީރީޒްއަށް ލިބިފަ އެވެ. "ހިންތާ" މި ސީރީޒްގެ ވާހަކައާއި މަންޒަރުތަކުގެ އިތުރުން މި ސީރީޒްގައި ފެނިގެންދާ ތަރިންގެ އެކްޓިންގެ މޮޅު ކަމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
ސީރީޒް ރިލީޒްކުރި ދުވަހުން ފަށައިގެން ގިނަބަޔަކު އަންނަނީ މި ސީރީޒްއަށް އަދި ހާއްސަކޮށް ރާއީއަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. އެކްޓިންގެ މޮޅުކަމާއި އެކްސްޕްރެޝަންތަކުގެ ފުރިހަމަކަމުންނެވެ. ރާއީގެ އިތުރުން ފިލްމެއްގެ ލީޑުރޯލުން ފުރަތަމަ ފަހަރަށް ފެނިގެންދާ ސާމީގެ ހުނަރުވެރި އެކްޓިންއަށް ވެސް ގިނަ ބަޔަކު އަންނަނީ ސާބަސްދެމުންނެވެ. ފިލްމީ ދާއިރާގައި ފުންނާބު އުސް ތަރިންތަކެއް ވެސް މި ސީރީޒްއިން ފެނިގެންދެ އެވެ.
އޭގެ ތެރޭގައި ހަސަން މަނިކު، މުހައްމަދު މަނިކު، އިފްނާޒް ފިރާގް، ރަޝްފާ ފާރޫގް އަދި ތާތި އާދަމް ފާހަގަކުރެވެ އެވެ. އެމް އޮރިޖިނަލްސް ބޭނާގެ ދަށުން ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ "އެއްކާފް" ގެ ޕްރޮޑަކްޝަނެކެވެ އަދި ޑައިރެކްޓްކޮށްފައި ވަނީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގެވެ. މި ސީރީޒްގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ އަހުމަދު ޒަރީރެވެ.
މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒްގެ އެޕިސޯޑުތައް ބަލާލެވޭނެ އެވެ. އަދި އެމްއެސް ގްލޯބަލްއާއި އެމްއެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ސީރީޒް ބަލާލެވޭނެ އެވެ. ޓީވީ މެދުވެރިކޮށް މި ސީރީޒް ބަލާލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް އެންމެ 100ރ. އަށް ނަގާލުމުން ބަލާލެވޭނެ އެވެ. އަދި ފޯނު މެދުވެރިކޮށް އެންމެ 50ރ. ގެ ޕެކޭޖަކުން މި ސީރީޒް ބަލާލެވޭނެ އެވެ.