ސްނެއިލް، ނުވަތަ ފިނިހަކައިގެ، ހާހުގެ އަދަދަކަށް ދަތް ހުރެ އެވެ.
ފިނިހަކައިގެ ގިނަ ބާވަތްތަކުގައި ދަތް ހުންނަނީ ކާނާ ކޮށައި، ކަނޑައި ނަގަން ބޭނުންކުރާ ގޮތަށެވެ. މި ދަތްތައް ހުންނަނީ ކައިޓިނަސް ރިބަނެއްގައި ސަފު ސަފަށް އަތުރާލެވިފަ އެވެ. މި ރިބަނަށް ކިޔަނީ "ރެޑިއުލާ" އެވެ.
އާންމު ފިނިހަކައެއްގެ ރެޑިއުލާގައި 120 ސަފުގައި 100 ދަތް ހުރެ އެވެ. އެއީ ޖުމްލަ 12،000 ދަތެވެ.
ނަމަވެސް ބައެއް ބާވަތްތަކުގައި 20،000 އަށްވުރެ ގިނަ ދަތް ހުރެ އެވެ. މީގެ އިތުރުން، ފިނިހަކައިގެ އާއިލާތަކުގެ މެދުގައި ދަތްތައް އަތުރާލެވިފައި ހުންނަ ގޮތާއި ދަތްތަކުގެ ބައްޓަން ތަފާތުވާކަން ވެސް ފާހަގަކުރެވިފައިވެ އެވެ.