ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލާ، އެކަމާބެހޭ ގާނޫނު އުވާލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހަޅާފައިވަނީ އެމްޑީޕީ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
މިމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލާހަސް ހުށަހެޅުނު މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އިއްޔެގެ ޖަލްސާގަ އެވެ.
"އެކި އެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު" އުވާލަން ހުށަހަޅާފައިވަނީ، އެ ގާނޫނަކީ އަމަލުކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ ގާނޫނަކަށް ވުމުންނާއި އަދި އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމަށް ހިނގާ ހަރަދާއި އަޅާބަލާއިރު ލިބޭ ފައިދާގެ ކުޑަކަމުންކަމަށް ބިލް ހުށަހެޅި ސަބަބުގައި ބުނެފައިވެ އެވެ. މީގެ އިތުރުން، މި ގާނޫނުގެ ސަބަބުން އާންމުން އަދި ވިޔަފާރިވެރިންނަށް ވެސް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ބުނެފައިވެ އެވެ.
މި ސަބަބުތަކާއި ހެދި، ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުސަތު ފަސޭހަކޮށްދިނުމުގެ ގޮތުން ރެވެނުއު ސްޓޭމްޕް ޖެހުމުގެ ނިޒާމް އުވާލުމުގެ މަގުސަދުގައި ހުށަހެޅުނު ބިލެއްކަމުގައި ނާޒިމް ވިދާޅުވެފައިވެ އެވެ.
އެކި އެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނެކެވެ.
ބަރާބަރު. ތީ ވ. އުދަނދޫ ވާ ކަމެއް.