މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދަޢުލަތަށް 350 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީއާ އަޅާބަލާއިރު ނުވަ ޕަސެންޓް އިތުރު އަދަދެކެެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރިޗުމަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަދަދު މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު ވަނީ އެެއްހަމައެއްގައި ހިފެހެއްޓިފަ އެވެ. އެގޮތުން 2024 އަދި 2025 ވަނަ އަހަރުގެ މާޗު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ، އިންޑީއާ، ޗައިނާ، ސިންގަޕޫރު އަދި ސްރީލަންކާއިން ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި މި ގައުމުންތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.
މާޗުމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތައް:
- ޔޫއޭއީ - 1337 މިލިއަން ރުފިޔާ
 - އިންޑިއާ - 713 މިލިއަން ރުފިޔާ
 - ޗައިނާ - 514 މިލިއަން ރުފިޔާ
 - ސިންގަޕޫރު - 356 މިލިއަން ރުފިޔާ
 - ސްރީލަންކާ - 249 މިލިއަން ރުފިޔާ
 
މިިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލުގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، އެކްސްޕޯޓްކޮށްފައިވާ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއިން 204 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 124 މިލިއަންގަ އެވެ. އެހެންކަމުން މިއީ 65 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑް، އިންގިރޭސިވިލާތް، ވިއެޓްނާމް، ބަންގްލަދޭޝް އަދި ޖަރުމަނުން ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ގައުމުތައް:
- ތައިލޭންޑް - 118 މިލިއަން ރުފިޔާ
 - އިނގިރޭސިވިލާތް - 42 މިލިއަން ރުފިޔާ
 - ވިއެޓްނާމް - 8 މިލިއަން ރުފިޔާ
 - ބަންގްލަދޭޝް - 7 މިލިއަން ރުފިޔާ
 - ޖަރުމަން - 5 މިލިއަން ރުފިޔާ
 
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ މަހުގެ ބާވަތްތަކެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައިން އެކްސްޕޯޓްކުރީ ކަޅުބިލަމަހުގައި އުފައްދާފައިވާ މަސްދަޅެވެ. އެއީ މުޅި ޖުމްލަ 46 މިލިޔަން ރުފިޔާ އެވެ.
			ގާޒާއަށް އެހީގެ ތަކެތި ވައްދަން ޔަހޫދީން ފުރުސަތު ނުދިން
		
			މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!
		
			ކޮޅުވެއްޓި ހާދިސާގައި އަނިޔާވި ދިވެއްސެއްގެ ހާލު ވެސް ސީރިއަސް