ހޫނު ފެން ޖަގެއް އެޅި، ހދ. މަކުނުދޫގައި 8 މަހުގެ ތުއްތު ކުއްޖެއް ވަރަށް ބޮޑަށް ފިހުމާ ގުޅިގެން ފަރުވާ ދޭން ފަށައިފި އެވެ.
އިއްޔެ ހެނދުނު ހިނގި މިހާދިސާގައި ކުއްޖާގެ މޫނު ހިމެނޭހެން ހަށިގަނޑުން ބައެއް ވަރަށް ބޮޑަށް ފިހިފަައިވާއިރު އެ ކުއްޖާ ވަނީ މިހާރު އިތުރު ފަރުވާއަށް މާލެއަށް ގެނެސްފަ އެވެ.
މި ހާދިސާ އާ ގުޅިގެން ކުއްޖާގެ އާއިލާއިން ވަނީ މަކުނުދޫ ހެލްތް ސެންޓަރަށް ގެންދިއުމުން އަަމަލު ކުރި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މިގޮތުން އާއިލާއިން ބުނީ ކުއްޖާ ގެންދިޔައިރު ރަށުގެ ހެލްތު ސެންޓަރުގައި ޑޮކްޓަރެއް ނެތް ކަމަށާ ހާލަތަށް ބެލުމެއް ނެތި ކުއްޖާގެ ގައިގައި ބެންޑޭޖް އެޅުމަށްފަހު ގެޔަށް ދޫކޮށްލި ކަމަށެވެ.
ހަމައެއާއެކު ކުޑަކުއްޖާ މާލެ ގެނައުމަށް އާސަންދަ ހަމަޖައްސައިދީފައި ނުވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

ރޯދައިގެ ސުވާލާއި ޖަވާބު: ރަހަ ބެލުމުން ރޯދަ ގެއްލޭނެތަ؟
ލުބުނާނުގެ ޕާސްޕޯޓު ލިބުމުން އިންފަންޓީނޯ އުފާފާޅުކޮށްފި
އިންޑިއާގައި އެއާ އެމްބިއުލާންސެއް ވެއްޓި އެންމެން މަރުވެއްޖެ