ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން މެދުއިރުމަތީގެ އެންމެ މުއްސަނދި ގައުމު ކަމަށްވާ ގަތަރުން ވެސް އަގުބޮޑު ގެއެއް ގަނެފި އެވެ.
ސައިފް މިކަން ހާމަކޮށްފައިވަނީ އަރްފަރްދާން ގްރޫޕުން ބޭއްވި ޕްރެސް އިވެންޓެއްގެ ތެރެއިންނެވެ. އެ އިވެންޓުގައި ސައިފް ވަނީ އޭނާ ގަތް ގެއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން ސައިފް ބުނެފައިވަނީ ގަތަރަކީ ދިރިއުޅެން ވަރަށް ފަސޭހަ ގައުމެއް ކަމަށާއި އެއީ އޭނާގެ "ދެވަނަ ގެ" ކަމުގައި ދެކޭ ކަމަށެވެ.
އޭގެ އިތުރުން ވެސް އާއްމުކޮށް ދިރިއުޅެން ބޭނުންވާ އަރާމާއި ޕްރައިވަސީ އަދި ހިތްހަމަޖެހުން އެ ތަނުން އޭނާއަށް ލިބޭ ކަމަށް ވެސް ސައިފް ބުންޏެވެ.
ހަބަރުތައް ބުނާ ގޮތުގައި ލަގްޒަރީ ފެންވަރުގެ އެ ޕްރޮޕަޓީ ސައިފް ގަނެފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ އަލް މަރްސާ އައިލެންޑް ކިޔުނު އަގުބޮޑު ސަރަހައްދަކުންނެވެ.
ސައިފް އިތުރު ގެއެއް ގަނެފައި މިވަނީ މުމްބާއީގައި އޭނާގެ އާއިލާ ދިރިއުޅެމުން ދިޔަ ގެއަށް މީހަކު ވަދެ އޭނާގެ ގަޔަށް ވަޅި ހެރިތާ ތިން މަސް ދުވަސް ފަހުންނެވެ.
ސައިފްއާއި ކަރީނާގެ މިލްކިއްޔާތުގައި އާއިލީ "ޕަތޯޑީ ޕެލެސް"އާއި މުމްބާއީ އެޕާޓްމަންޓްމަންޓްގެ އިތުރުން ލަންޑަން، ގްސްތާދު އަދި ގަތަރުގައި ވެސް ގެތައް ހުރެ އެވެ.