ސާނާ ޚާން ކޮފީއެއް ބޯން އިން ފޮޓޯއެއް މިވަނީ ދާދި ފަހުން ވަރަށް ބޮޑަށް ވައިރަލް ވެގެން ގޮސްފަ އެވެ.

ސަނާގެ އިންސްޓަގްރާމްގައި ހިއްސާކުރި މި ފޮޓޯގައި އޭނާ އިނީ ދުނިޔޭގެ އެންމެ އުހުގައި ހުންނަ އެޓްމޮސްފިއާ ރެސްޓޯރެންޓުގަ އެވެ. މި ރެސްޓޯރެންޓް ހުންނަނީ ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބްރުޖް ހަލީފާގެ 122 ވަނަ ފަންގިފިލާގަ އެވެ.

"ފިރިމީހާ ދިން ސަޕްރައިޒްއަކީ ބްރުޖް ހަލީފާގައި ހެނދުނުގެ ނާސްތާއާއި ރަނުން ޕްލޭޓްކޮށްފައިވާ ކޮފީ،" އެ ފޮޓޯއާއެކު ސަނާ ހާން ލިޔެފައިވެ އެވެ.

ސަނާ ހާން ބޯން އިން ކޮފީގެ ނަމަކީ ކޮޕި ލުވަކް ގޯލް ކަޕަޗީނޯ އެވެ. އަދި މިއީ އެ ރެސްޓޯރެންޓްގެ އެންމެ ހާއްސަ އެއް އައިޓެމެވެ.

މި ކޮފީ ޖަރީ ކުރެވިފައިވަނީ 24 ކެރެޓް ހުންނަ ރަނުންނެވެ. އަދި މީގެ އަގަކީ 3،198.77 އިންޑިއާ ރުޕީސް އެވެ. ރާއްޖޭގެ ރުފިޔާއިން ބަލާއިރު އެއީ 683.58 ރުފިޔާ އެވެ.