އީދު ދުވަހެއްގެ މެންދުރު ކެއުމަކަށް އިންސާފު ކުރާއިރު ދިވެހިންގެ މެދުގައި އޮންނަ ސަގާފަތްތަކެއް އޮވެ އެވެ. ކުކުޅަކީ އީދު ދުވަހުގެ ހާއްސަ ބާވަތަކަށްވާއިރު އެއިން ތައްޔާރު ކުރެވޭ ބިރިޔާންޏަކީ އީދު ދުވަހު މެންދުރު ކެއުމުގައި ގިނަ ބަޔަކު އިންތިޒާރުކުރާ ކެއުމެކެވެ.

އެގޮތުން އީދު ދުވަހުުގެ ސުފުރާގައި ބިރިޔާނި ބަތްގަނޑެއް ހިމެނުމަކީ އެ ސުފުރާ ފުރިހަމަ ކޮށްދޭ ކަމެއް ކަމަށް ގިނަ މީހުން ގަބޫލު ކުރެ އެވެ. އެހެން ކަމުން މިއަދު މި ގެނެސްދެނީ ކުކުޅު ބިރިޔާނިގެ ރެސިޕީ އެކެވެ.

ބޭނުންވާ ތަކެތި

(ކުކުޅު ތައްޔާރު ކުރުމަށް)

  • 600 ގްރާމު ކުކުޅު
  • 300 ގްރާމު ޔޯގަޓް
  • 2 މޭޒުމަތީ ސަމްސާ ޖިންޖާ ގާލިކް ޕޭސްޓް
  • 1 ސައި ސަމުސާ ލޮނު
  • 1 ސައިސަމްސާ ދިރި/ދަވިއްގަނދު
  • 1 ސައިސަމްސާ ރީނދޫ
  • 1 ސައިސަމްސާ ޗިކަން މަސާލާ
  • 1 ސައިސަމްސާ މުގުރި މިރުސް
  • 3 ކަރަންފޫ
  • 1 ސައިސަމްސާ ލުނބޯ ހުތް

(ބަތް ތައްޔާރު ކުރުމަށް)

  • 1 ސައިސަމްސާ ދިރި
  • 5 ކަރަންފޫ
  • 2 ކާފޫރު ތޮޅި/ފޮނިތޮށި (ބައި އިންޗި)
  • 500 ގްރާމު ހަނޑޫ
  • 1 ސައި ސަމްސާ ލޮނު
  • 1.5 ލީޓަރު ފެން
  • 200 ގްރާމު ފިޔާ
  • 2 ސައިސަމްސާ ޖިންޖާ ގާލިކް ޕޭސްޓް
  • 250 ގްރާމު ޓޮމާޓޯ
  • 1 ސައިސަމްސާ ޗިކަން މަސާލާ
  • 1 ސައިސަމްސާ ދަވިއްގަނދު (މުގުރާފައި)
  • 1 މިރުސް
  • 1 ސައިސަމްސާ ރީނދޫ
  • 1 ސައިސަމްސާ ލޮނު
  • 1 ޖޯޑު ކިރު
  • 1 ފިޔާ (ތެލުލާފައި)
  • ތެޔޮ

ތައްޔާރު ކުރާނެ ގޮތް

  1. ތާހެއްގައި ތެޔޮ ހޫނުކޮށް ކުކުޅު ، ކެޖޫނަޓް ، މޭބިސްކަދުރު އަދި ދެބައިކުޅަ އެއްބައި ފިޔާ ތެލުލާށެވެ.
  2. ހަނޑޫ ކޮޅު ދޮވުމަށްފަހު ބަތް ކައްކާ ގޮތަށް ހަނޑޫކޮޅު ހިންދާލާށެވެ. ކައްކާއިރު ފޮނިތޮށި ކޮޅާއި ކާފޫރުތޮޅި އަދި ކަރަންފޫ އަޅާލާށެވެ. ބަތް އެތި ޗަސްވިޔަ ނުދިނުމަށް ސަމާލުކަން ދޭށެވެ. ރަނގަޅަށް މަޑުވުމުން ފެންކޮޅު ހުސްކޮށްލާށެވެ.
  3. އެހެން ތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ބާކީ ހުރި ފިޔާ ، ހިކަނދިފަތް ، ރާނބާފަތް ކޮރިއަންޑާފަތް ، މިރުސް ، ލޮނުމެދު ، އޯބަތްކޮޅު އަޅާ ފިޔާކޮޅު ރަތްކޮށްލާށެވެ.
  4. ފިޔާކޮޅު ރަތްޅުމުން ބިރިޔާނި މަސާލާ އެއްކޮށް ހާކާލާށެވެ. އަދި ލޮނާއި މުގުރި މިރުސް އެޅުމަށްފަހު ރަހަ ހެޔޮވަރު ކޮށްލާށެވެ. މާހިކިނަމަ ފެންފޮދެއް އަޅާލާށެވެ. އަދި އެއަށްފަހު 3 މިނެޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ.
  5. ސޯސްގަނޑު ރަނގަޅަށް ރޯފިލުމުން ކުރިން ތެލުލި ކުކުޅާއި ، މޭބިސްކަދުރާއި ، ކަޖޫނަޓް އަދި ފިޔާކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިތުރު 2 މިނެޓް ވަންދެން ކައްކާލާށެވެ.
  6. އެއަށްފަހު ކެއްކި ބަތްކޮޅު އަޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.