މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހއ ގައި ކުރިއަށް ގެންދާ "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ދަށުން ކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއް ހއ ވަށަފަރުގައި ބާއްވައިފި އެވެ.
ވަށަފަރު ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތާއި، ރަށުގެ ޖަމިއްޔާތަކުގެ އެ ހީތެރިކަމާއެކު ބޭއްވި މި ހަރަކާތުގައި ރަށުގެ ގިނަ ކުދިން ބައިވެރިވި އެވެ. މި ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.
މި ހަރަކާތުގައި ތަފާތު އުފާވެރި ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށްދިޔަ އެވެ. އަދި ކުޑައިރުން ފެށިގެން ފައިސާއާގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، މާލީ ތައުލީމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ވެސް ދިނެވެ.
މި ހަވީރުގައި ވެސް ފައިސާގެ ތާރީހު ދައްކައިދޭ ހާއްސަ ސްޓޯލެއް ވެސް ބެހެއްޓި އެވެ. މި ސްޓޯލުން ފައިސާގެ ތާރީހާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނެވެ. މި ހަރަކާތުގައި ބައިވެރިވި ކުދިންނަށް ގިފްޓް ކާޑު ހިމެނޭހެން ގިނަ އިނާމުތަކެއް ދިނެވެ.
ފިންލިޓް ފެސްޓްގެ ދަށުން ހއގެ 6 ރަށެއްގައި އެމްއެމްއޭއިން އަންނަނީ މާލީ ހޭލުންތެެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ.
ރެޑްވުޑް ނެޝަނަލް ޕާކް: އެންމެ އުސް ގަސްތަކުގެ ހިޔަލުގައި!
އަންނަ އަހަރު ބަޖެޓުން ފައިސާ ލިބޭނީ ޕީއެންސީއާއި އެމްޑީޕީއަށް
ވަރަށް ބޮޑަށް ވައި ނުސާފުވެ، މާލެއާއި ކުޅުދުއްފުށި ރަތް އެލާޓް
