ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް ބީޓީއެސްގެ ދެ މެމްބަރުން ކަމަށްވާ ޖަންކޫކްއާއި ޖިމިން އެ ގައުމުގެ އަސްކަރީ ހިދުމަތް ފުރިހަމަކޮށް ދަސްވެނިވެއްޖެ އެވެ.
ޖަންކޫކްއާއި ޖިމިން އަސްކަރީ ހިދުމަތް ފުރިހަމަކޮށް އެ ހިދުމަތުން "ޑިސްޗާޖް" ކޮށްފައިވަނީ ވެރިރަށް ސިއޯލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިއާއެކު އެ ދެތަރިން ވެފައިވަނީ އަސްކަރީ ހިދުމަތް ފުރިހަމަކުރި އެ ބޭންޑްގެ ފަސްވަނަ އަދި ހަވަނަ ތަރިއަށެވެ. މީގެ ކުރިން އާރް އެމް، ވީ އަދި ޖިން ވެސް ވަނީ އެ ހިދުމަތް ފުރިހަމަ ކޮށްފަ އެވެ.
އެއާއެކު އެ ބޭންޑްގެ އެންމެ ހަގު ތަރި ސުގާ އަސްކަރިއްޔާގެ ހިދުމަތް ފުރިހަމަކޮށް ނުކުންނަން ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއަށް ހިދުމަތް ކުރުމަކީ އެ ގައުމުގެ ކޮންމެ ފިރިހެނެއްގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމް ކަމަކަށް ވީއިރު ބީޓީއެސްގެ މެމްބަރުން އެ ޒިންމާއާ ގުޅިފައިވަނީ 2022 ވަނަ އަހަރު އެވެ.
މިއަހަރު އެ ބޭންޑްގެ ހުރިހާ މެމްބަރުން އަސްކަރީ ހިދުމަތް ނިންމާއިރު އަލުން ކޭޕޮޕް މިއުޒިކަށް އަންނާނެ ދުވަހަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.