ޑައިވިނަށް ފޭބި ފަހުން ގެއްލިގެން ހޯދަމުން ދިޔަ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ މިއަދު ހެނދުނު ކ. މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.
އެމްއެންޑީއެފްއިން ބުނީ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 17:17 ހާއިރު ފަތުރުވެރިޔާ ކަނޑުން ނަގާފައިވާ ކަމަށެވެ.
ރާއްޖެއަކީ ފަތުރުވެރިންގެ މަގުބޫލު މަންޒިލަކަށްވާއިރު، މިފަދަ ބައެއް ހާދިސާތަކުގައި ފަތުރުވެރިންގެ ފުރާނަ ގެއްލިފައި ވެއެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު އއ.އުކުޅަހުގައިވެސް ފަތުރުވެރިއަކު ގެނބިގެން ވަނީ މަރުވެފަ އެވެ.
ހައިވޭގައި ލާފައިވާ ދަވާދުގެ ސަބަބުން އެކްސިޑެންޓްވާކަމުގެ ޝަކުވާ
އެންޖެލީނާއާ ބައްދަލު ކުރަން އޭނާގެ ބައްޕަ އާދޭސް ކުރަނީ!
"ސްޓްރެސް އީޓިން"އަކީ ކޮބާ؟ ކޮންޓްރޯލް ކުރާނީ ކިހިނެއް؟