ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު އަދި ސާއީ ޕައްލަވީ މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު "ރާމާޔަނާ" ޝޫޓް ކުރަމުންދިޔަ ސެޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މުމްބާއީގައި ހުންނަ "ޕްރައިމް ފޯކަސް ސްޓޫޑިއޯ" ކައިރީގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސައިން އެމްޕްލޯއީސްގެ ރައީސް ބީއެން ތިވާރީ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާން ރޯވީ ސްޓޫޑިއޯގެ ބޭރުގައި ޖަހާފައިވާ ޓެންޓެއްގައި ކަމަށެވެ ބޮޑު މުސީބާތަކަށް ބަދަލުވުމުގެ ކުރިން އަލިފާންގަނޑު ވަނީ ވަގުތުން ކޮންޓްރޯލް ކުރެވިފަ އެވެ.
ބީއެން ތިވާރީ ހާމަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ކަން ދިމާކުރި ގޮތުން ކައިރި އެހެން ސަރަހައްދެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައިގެން، ސެޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އުފެއްދުންތެރިންނަށް އިރުޝާދު ދީފައި ވަނިކޮށެވެ.
"އަޅުގަނޑުމެން ވަނީ ހުރިހާ ޕްރޮޑިއުސަރުންނަށްވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރު ކުރުމަށް އަންގާފައި. ނަމަވެސް، ފަރުވާކުޑަ ވުމުގެ ސަބަބުން މި ހާދިސާ ހިނގަން މެދުވެރިވީ. އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ އަދި ލިބުނު ގެއްލުންވެސް ކުޑަ. ނަމަވެސް މިއީ އެހެން ފިލްމު ޓީމުތަކަށްވެސް ސަމާލުވުމަށް ލިބުނު އިންޒާރެއް،" ތިވާރީ ވިދާޅުވި އެވެ.
މި ހާދިސާއަށްފަހު ހާލަތު ކޮންޓްރޯލްކޮށް، ފިލްމުގެ ޝޫޓިންގް ވަނީ އަލުން ފަށާ ފައެވެ. މިއީ އެ ސަރަހައްދުގައި އެހެން ޓީވީ ޝޯތަކުގެ ކާސްޓުންވެސް މަސައްކަތް ކުރަމުންދިޔަ ވަގުތެކެވެ.
ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ "ރާމާޔަނަ" އަކީ އިންޑިއާގެ ތާރީހީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ދެ ބަޔަކަށް ބަހާލައިގެން އުފައްދާ ވަރަށް ބޮޑު ބަޖެޓެއްގެ ފިލްމެކެވެ.
މި ފިލްމުގެ ފުރަތަމަ ބައި "ރާމަޔާނާ: ދަ ރައިޒް އޮފް އަ ލެޖެންޑް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 2026ގަ އެވެ. ދެވަނަ ބައި ރިލީޒްކުރުމަށް ނިންމާފައިވަނީ 2027 ވަނަ އަހަރުގެ ދީވާލީގަ އެވެ.
ބައިނަލްއަގުވާމީ ފެންވަރަށް ތައްޔާރުކުރާ މި ފިލްމުގެ ވިޝުއަލް އިފެކްޓްސްއާއި މޯޝަން މަސައްކަތްތައް ކުރަމުންދަނީ މަޝްހޫރު ޑީނެގް ކުންފުނިންނެވެ.
109 އަހަރުގެ ޖަލު ހުކުން ތަންފީޒު ކުރަމުންދާ ޝިފާއު ގޭބަންދަށް
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލެއް ހުށަހަޅައިފި
ކުރީގެ ފިލްމުތަކާއި ޝޯތައް އަލުން ބަލާ ހިތްވަނީ ކީއްވެ؟