ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީގެ އެކުވެރިން ބޭނުންވަނީ ހެއިލީ ޖަސްޓިންއާ ވަކިވާން ކަމަށް ބުނެފި އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ހެއިލީ ބީބާގެ ބިއުޓީ ބްރޭންޑް "ރޮޑް ބިއުޓީ" އެއް ބިލިއަން ޑޮލަރަށް ވިއްކާލުމުން ލިބުނު ފައިސާއާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން ހެއިލީގެ އެކުވެރިން ބޭނުންވަނީ ހެއިލީއަށް މި ލިބުނު ފައިސާ ޖަސްޓިންގެ ކިބައިން ސަލާމަތްކުރަން ކަމަށް އެމީހުން ބުނެ އެވެ.

ކައިވަންޏަށް ދަރިއަކު ލިބިފައިވާ ޖަސްޓިންއާއި އޭނާގެ އަންހެނުން ހެއިލީއާ ދެމެދު މައްސަލަޖެހިގެން އުޅޭ ކަމުގެ އަޑުތަކެއް ވެސް ދާދިފަހުން ވަނީ އިވިފަ އެވެ.

ހެއިލީގެ ރައްޓެހިން ބުނަނީ ޖަސްޓިންއާއެކު އެގްރީމެންޓެއް ހަދައި، ދެމަފިރިން ވަކިވި ނަމަވެސް ހެއިލީގެ ފައިސާ އޭނާ އަތުގައި ހުންނާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށެވެ. އެފަދަ އެގްރީމެންޓެއް ނެތްނަމަ ދެމަފިރިން ވަކިވާއިރު، ފައިސާ ދެމީހުންގެ މައްޗަށް ބަހަން ޖެހިދާނެ ކަމަށް ވެސް ހެއިލީގެ ރައްޓެހިން ބުނެފައިވެ އެވެ.

ޖަސްޓިން ބީބާ 2022 ވަނަ އަހަރު އޭނާގެ މިއުޒިކް ކެޓަލޮގް 200 މިލިއަން ޑޮލަރަށް ވިއްކާލި ނަމަވެސް، އޭނާ ބޭކާރު ހަރަދުތަކަށް އެ ފައިސާތައް ހުސްކޮށް ފަހުން ފައިސާގެ ދަތިކަމާއި ކުރިމަތިލާން ޖެހުނު ކަމަށްވެ އެވެ.

ޖަސްޓިންއާއި ހެއިލީ 2018 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ދަރިފުޅު ބުލޫސް ބީބާ ލިބުނީ 2024 ވަނަ އަހަރު އެވެ. ނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ވަކިވާން އުޅޭ ކަމުގެ ހަބަރުތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.